overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އިންތިހާބު ބާތިލްކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތް ލައިވް ކުރަން ޕެޓިޝަނެއް ހުށަހަޅަނީ

ނިމިގެންދިޔަ ރިޔާސީ އިންތިހާބު ބާތިލްކުރުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލާގެ ޝަރިއަތް ދައުލަތުގެ މީޑިއާއިން ލައިވްކުރަން އެދި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

އިންތިހާބު ބާތިލް ކުރަން ރައީސް ޔާމީންގެ ފަރާތުން ހުށަހެޅުއްވި ދުސްތޫރީ މައްސަލާގެ ޝަރިއަތް އަންނަ އާދިއްތަ ދުވަހު ފެށުމަށް ސުޕްރީމް ކޯޓުން ވަނީ ތައާވަލްކޮށްފަ އެވެ. އެ މައްސަލަ ތާވަލްކޮށްފައިވަނީ އާދިއްތަ ދުވަހުގެ މެންދުރުފަހުގެ 1:00 އަށެވެ.

އެ ޕެޓިޝަނުގައި ވަނީ، އިންތިހާބު ބާތިލް ކުރަން ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައަކީ ދިވެހި އެންމެހާ ރައްޔިތުންގެ މަސްލަހަތު ހިމެނޭ މައްސަލައެއް ކަމަށެވެ. އަދި އެމައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓްގައި ހިންގަވަން ވާނީ އެންމެންނަށް ފެންނަ ގޮތަށް ކަމަށްވެސް ޕެޓިޝަނުގައި ވެއެވެ.

"އެމައްސަލައިގެ ޝަރީއަތް ދައުލަތުގެ މީޑިއާއިން ލައިވްކޮށް ދެއްކޭނެ އިންތިޒާމް ތިޔަކޯޓުން ހަމަޖައްސަވައިދެއްވުމަށްއެދި އިލްތިމާސްކުރަން،" ޕެޓިޝަނުގައި ވެއެވެ.

ރިޔާސީ އިންތިހާބު އިބޫ ކާމިޔާބު ކުރެއްވީ 134،705 ވޯޓުންނެވެ. އެއީ 58.4 ޕަސެންޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އެއީ، 41.6 ޕަސެންޓެވެ. މިއީ، ރާއްޖޭގައި މިހާތަނަށް ބޭއްވި ރިޔާސީ އިންތިހާބެއްގައި އެންމެ ފަރަގުބޮޑު ނަތީޖާ ކަން ވެސް ޕެޓިޝަންގައި ފާހަގަކޮށްފައިވެ އެވެ.

މީގެ ކުރިން ރައީސް އަބްދުﷲ ޔާމީން ވަނީ އިންތިހާބުގެ ނަތީޖާ ގަބޫލު ކުރައްވައި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލު ކުރައްވައި މަރުހަބާ ވެސް ވިދާޅުވެފަ އެވެ. ނަމަވެސް އޭގެ އެތައް ދުވަހެއް ފަހުން މަގުމައްޗަށް ނިކުމެ ވަޑައިގެން، އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ދޭހަވާ ގޮތަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ތުހުމަތުތަކެއް ކުރެއްވި އެވެ.

ޖުމްލަ 230،757 މީހުން ވޯޓުލާފައިވާއިރު ބާތިލް ވޯޓުގެ ގޮތުގައި 3132 ވޯޓު ގުނާފައިވެ އެވެ. ކުރިން އިލެކްޝަން ކޮމިޝަނުން އިއުލާން ކުރި ވަގުތީ ނަތީޖާ އާއި ރަސްމީ ނަތީޖާއާ ތަފާތު އުޅެނީ 80 ވޯޓުގެ އެވެ. އެ ވޯޓުތަކަށް ބަދަލު އައީ ނަތީޖާ ޝީޓްގައި ވޯޓުގެ އަދަދު ލިޔުމުގައި އަރާފައިވާ އޮޅުންތަކެއްގެ ސަބަބުންނެވެ.