overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ރިޔާސީ އިންތިހާބު 2018

އިންތިހާބުގެ މައްސަލައަށް ހަތަރު ލީޑަރުން ވަންނަން ހުށަހަޅައިފި

ރިޔާސީ އިންތިހާބު ބާތިލްކުރުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުށަހެޅުއްވި ދުސްތޫރީ މައްސަލައަށް ތަދައްހުލް ވާން އިދިކޮޅު ހަތަރު ލީޑަރުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތުން މައްސަލައަށް ތަދައްހުލް ވާން ހުށަހަޅާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އެ ހުށަހެޅުމަށް އަދި ސުޕްރީމް ކޯޓުން ވަކި ޖަވާބެއް ދީފައިނުވާ ކަމަށްވެ އެވެ. މާދަމާއަށް މައްސަލާގެ އަޑުއެހުމެއް ވަނީ ތާވަލުކޮށްފަ އެވެ.

އިންތިހާބުން ނާކާމިޔާބުވެވަޑައިގަތުމާއެކު ރައީސް ޔާމީން ހުށަހެޅުއްވި މައްސަލާގައި އެދިވަޑައިގެންފައިވަނީ ރިޔާސީ އިންތިހާބުގައި ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ސުޕްރީމް ކޯޓުގެ ގައިޑްލައިންއާ ހިލާފަށް ހިންގާފައިވާ ކަންކަން ފުލުހުންނާއި ސިފައިން މެދުވެރިކޮށް ތަހުގީގުކޮށްދީ، އެ އިންތިހާބަކީ ޝަހުސިއްޔަތު ގެއްލިފައިވާ ބާތިލްވެފައިވާ އިންތިހާބެއް ކަމަށް ކަނޑައަޅައި އިންތިހާބު އަލުން ބޭއްވުމުގެ އަމުރެއް އިލެކްޝަން ކޮމިޝަންގެ މައްޗަށް ނެރެދިނުމަށެވެ.

ޝަކުވާތަކަކާ އެކު އިންތިހާބު ބާތިލް ކުރަން ރައީސް މައްސަލަ ހުށަހެޅުއްވި އިރު، އެ އިންތިހާބުގެ ނަތީޖާ ރައީސް ގަބޫލު ކުރައްވައި ރައްޔިތުންގެ ނިންމުން ސާފުވެއްޖެ ކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ރައީސް ހުށަހެޅުއްވި މައްސަލާގެ ލިޔުން އާންމުވެފައިވާއިރު އޭގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ވޯޓު ކަރުދާސް ޗާޕްކުރި އެމް7އަކީ ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމްގެ ދެ ބޭފުޅެއްގެ ހިއްސާ އޮންނަ ކުންފުންޏަކަށްވުމެވެ. އަދި ވޯޓު ކަރުދާސް ޗާޕްކުރުމުގައި މަކަރު ހެދޭ ފަދަ ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

އޭގެއިތުރުން ނަތީޖާ އޮޅުވާލުމަށްޓަކައި އަނގޮޓިއެއް ގެންގުޅުނު ކަމާއި ދެލި ފުހެވޭ ގަލަމެއް ބޭނުން ކުރި ކަމަށް ވެސް މައްސަލާގައިވެ އެވެ. އެ މައްސަލާގައި އަނގޮޓި ރާއްޖެ ގެނައި މީހާ އާއި ބޭނުންކުރި މީހުން ސިއްރު ހެކިންގެ ގޮތުގައި ހުށަހަޅާފައިވެ އެވެ.