overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އިބޫއަށް ލިބުނު ވޯޓަކީ ޔާމީނަށް ލިބުނު ވޯޓްކަން ކަނޑައަޅަން ކޯޓަށް

މިއަހަރުގެ ރިޔާސީ އިންތިހާބްގައި އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ އަށް ލިބުނު ވޯޓަކީ ރައީސް އަބުދުﷲ ޔާމީނަށް ލިބުނު ވޯޓްގެ ގޮތުގައި ކަނޑައަޅައި ދިނުމަށްއެދި ހައި ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ. އެމައްސަލަ ހުށަހަޅާފައިވަނީ ވޯޓް ކަރުދާހުގައި ޖެހި ފާހަގަ ފޭދޭ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެންނެވެ.

އެމައްސަލަ ހައި ކޯޓަށް ހުށަހަޅާފައިވަނީ ގާނޫނީ ވަކީލް އަބުދުލްމާނިއު ހުސެއިން އެވެ. އެމައްސަލައިގައި ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބްގައި ބޭނުންކުރި ވޯޓް ކަރުދާހުގައި ކެނޑިޑޭޓް ނަމްބަރު އެކަކާއި ދިމާލުގައި ފާހަގަ ޖެހުމުން ކެނޑިޑޭޓް ނަމްބަރު ދޭކާއި ދިމާލަށް އެ ފާހަގަ ފޭދޭ ކަމަށާއި ކެނޑިޑޭޓް ނަމްބަރު ދޭކާ ދިމާގައި ފާހަގަ ޖެހުމުން ކެނޑިޑޭޓް ނަމްބަރު އެކަކާއި ދިމާއަށް މައްޗަށް އަރާކަމަށް މުއުތަބަރު ހެކި ލިބިފައިވާ ކަމަށެވެ.

އެހެން ކަމުން އިލެކްޝަން ކޮމިޝަނުން އާންމުކޮށްފައިވާ ދާއިމީ ނަތީޖާގައި ކެނޑިޑޭޓް ނަމްބަރު އެކަކަށް ލިބިފައިވާ ވޯޓަކީ ކެނޑިޑޭޓް ނަމްބަރު ދޭކަށް ލިބިފައިވާ ވޯޓް ކަމަށާއި ކެނޑިޑޭޓް ނަމްބަރު ދޭކަށް ލިބިފައިވާ ވޯޓަކީ ކެނޑިޑޭޓް ނަމްބަރު އެކަމަށް ލިބިފައިވާ ވޯޓް ކަމަށް ކަނޑައަޅައިދިނުމަށްއެދި ކަމަށް މައްސަލާގައި ވެއެވެ.

އެމައްސަލަ ބިނާ ކޮށްފައިވަނީ ރައީސް އޮފީިހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ދެއްކި ވާހަކަތަކުގެ މައްޗަށެވެ. ރައީސް ޔާމީނާއި ދިމާލުގައި ޖެހި ފާހަގަ އިބޫގެ ގޮޅިއަށް ފޭބިކަމަށްބުނެ އެމަންޒަރު ލޮލުން ދުށް މީހަކާ ހަވާލާދީ މުއާޒް ވާހަކަ ދެއްކި ވީޑިއޯއެއް ފެނިފައިވާ ކަމަށް އެމައްސަލާގައި ބުނެފައި ވެއެވެ.

މައްސަލަ ސާބިތު ކުރުމަށް ހުށަހަޅާފައިވަނީ ރިޔާސީ އިިންތިހާބްގެ ދާއިމީ ނަތީޖާގެ ނަކަލާއި މުއާޒްގެ ހެކިބަސް ނެގުމަށެވެ. މި މައްސަލަ ހައި ކޯޓުން ބަލައިގެންފައިވާކަމެއް ސާފެއް ނުވެ އެވެ.

އިންތިހާބާއި ގުޅިގެން ހައި ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާއިރު، އިންތިހާބްގެ ނަތީޖާ ބާތިލް ކުރުމަށް ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ނިންމާލާފަ އެވެ. ދެން އޮންނާނީ އެމައްސަލައިގެ ހުކުމް އިއްވުން ކަމަށްވެސް ސުޕްރީމް ކޯޓުން މިއަދު ބޭއްވި ޝަރީއަތުގައި ވަނީ ނިންމާފަ އެވެ.