ހަބަރު

ފުލުހުންގެ ވަޒީފާއަށް މީހުން ހޯދަން އިއުލާނުކޮށްފި

ސަރުކާރު ބަދަލުވުމުގެ އިންތިގާލީ މަރުހަލާ ކުރިއަށް ދަނިކޮށް ފުލުހުންގެ ވަޒީފާއަށް އިތުރު މީހުން ހޯދަން އިއުލާނެއް ކޮށްފި އެވެ.

ފުލުުހުންގެ ވަޒީފާއަށް މީހުން ހޯދަން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ހަވީރު 4:00 އާ ހަމައަަށެވެ. އެވަޒީފާއަށް ކުރިމަތިލުމުގެ ޝަރުތު ތަކަކީ ޖީސީއީ އޯ ލެވެލް ނުވަތަ އެސްއެސްސީ އިމްތިހާނުގެ ދެ މާއްދާއިން ދަށް ވެގެން " ސީ" ފާސްލިބިފައިވުން ނުވަތަ ފުލުހުންނާ ގުޅުންހުރި ދާއިރާއަކުން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމެވެ.

އޭގެ އިތުރުން އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ މީހަކަށް ވުމާއި ފިރިހެނެއް ނަމަ އިސްކޮޅުގައި ފަސް ފޫޓު ތިން އިންޗި ހުރުމާއި އަންހެނެއް ނަމަ ފަސްފޫޓަށް ވުރެ ކުރު ނުވުމަކީ ވެސް ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ޝަރުތެކެވެ. އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއްކުރިކަން ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަަތަށް ސާބިތުވެފައި ނުވުމަކީ ވެސް ޝަރުތެކެވެ. ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީގައި އޮންނަ މީހަކަށް ނުވުމާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހަކަށް ވުމަކީ ވެސް ޝަރުތުތަކެވެ.

ފުލުހުންގެ ވަޒީފާ ދިނުމުގައި އިސްކަން ދޭނެ ކަންތައްތަކެއް ވެސް އިއުލާނުގައި ވަނީ ފާހަގަކޮށްފައިވެ އެވެ. އެގޮތުން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ޖީސީއީ އޭލެވެސް ހަދާފައި ވުމާއި ފުލުހުންގެ މުއައްސަސާއަށް ބޭނުންތެރި
ދާއިރާތަކުން ކޯސްތައް ފުރިހަމަކޮށްފައި ވުން ހިމެނެއެވެ.