ދުނިޔެ

އެމެރިކާ އަށް އަނެއްކާ ވެސް ހެކަރުންގެ ވަރުގަދަ ހަމަލާއެއް: މި ފަހަރު އަސްކަރީ އަދި ޖާސޫސީ މުވައްޒަފުންނަށް

Jun 13, 2015

އެމެރިކާގެ އަސްކަރީ އަދި ޖާސޫސީ އިދާރާތަކުގެ މުވައްޒަފުންގެ ޒާތީ މައުލޫމާތުތަކެއް، ޗައިނާގެ ހެކަރުންތަކެއް ކަމަށް ބެލެވޭ ބަޔަކު ވަގަށް ނަގައިފި އެވެ.

ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ އޭޕީ ނޫސް އެޖެންސީން ބުނި ގޮތުގައި ހެކަރުން ޓާގެޓުކުރީ އަސްކަރީ އަދި ޖާސޫސީ އިދާރާތަކުގެ މުވައްޒަފުންގެ ސެކިއުރިޓީ ކްލިއަރެންސް ފޯމްތަކެވެ. އެ ފޯމްތަކުގައި އެ މީހުންގެ ލޮލުގެ ކުލަ އާއި މާލީ ހާލަތާއި ކުށުގެ ރެކޯޑު ފަދަ އެންމެ ޒާތީ މައުލޫމާތުތައް ހުރެ އެވެ. މީގެ އިތުރުން، އާއިލާގެ މެމްބަރުންނާއި ރަށްޓެހިންގެ ފޯން ނަމްބަރުތައް ވެސް ހިމެނެ އެވެ.