ހަބަރު

ޗެނަލް 13 އިން ބްރޯޑްކޮމްއަށް ޖަވާބުދާރީވާން އަންގައިފި

ރިޔާސީ އިންތިހާބު އޮޅުވާލި ކަމަށް ބުނެ ސާބިތު ނުހިފޭ ވާހަކަތައް ބްރޮޑްކާސްޓް ކުރި ކަމަށް ބުނެ ޗެނަލް 13 އާ ދެކޮޅަށް ފިޔަވަޅު އަޅަން އިލެކްޝަންސް ކޮމިޝަން، އީސީއިން ބްރޮޑްކާސްޓިން ކޮމިޝަނަށް ހުށަހެޅި މައްސަލަތަކަށް ޖަވާބުދާރީވާން އަންގައިފި އެވެ.

އެނގިފައިވާ ގޮތުގައި ޗެނަލް 13އާ ދެކޮޅަށް ފިޔަވަޅު އަޅައިދިނުމަށް އެދި އީސީގެ ރައީސް އަހުމަދު ޝަރީފާއި އެ ކޮމިޝަނުގެ މެންބަރުންގެ ފަރާތުން ބްރޯޑްކޮމްއަށް ހުށަހެޅި މައްސަލާގައި ޖަވާބުދާރީވުމަށް އަންގާފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގެ ކުރިންނެވެ.

އީސީއިން މި އަހަރުގެ ރިޔާސީ އިންތިހާބު އޮޅުވާލައި ވޯޓް ވަގަށް ނަގާފައިވާ ކަމަށް ބުނެ ޕީޕީއެމުން ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒާހަރާގައި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް، އިސީގެ ރައީސް ޝަރީފަށާއި ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް ވޯޓު އޮޅުވާލާފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ.

އެ މަންޒަރުތައް ޗެނަލް 13 އިން ލައިވް ކޮށްފައިވާތީ އެ މައްސަލަ ތަހްގީގްކޮށް ފިޔަވަޅު އަޅައިދިނުމަށް އީސީގެ ފަރާތުން ބްރޯޑްކޮމްއަށް ހުށަހަޅާފައިވެއެވެ. އަދި އެމައްސަލަ އެމައްސަލަ އަކީ ޖިނާއީ މައްސަލައެއް ގޮތަށް ފުލުހަށް ވެސް ވަނީ ހުށަހަޅާފަ އެވެ.

އެމައްސަލާގައި މީގެ ކުރިން ބްރޯޑްކޮމްއިން ވަނީ ޗެނަލް 13 އިން ކޮންޓެންޓް ފޮނުވުމުގައި ސަމާލުވެ ގާނޫނުތަކާ އެއްގޮތަށް އަމަލު ކުރުމަށާއި އެހެން ނޫން ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ދީފަ އެވެ.