ދުނިޔެ

މަންމަގެ ފިސްތޯލައާ ކުޅެނިކޮށް އެމެރިކާގައި ތުއްތު ކުއްޖަކު މަރުވެއްޖެ

Jun 13, 2015
2

މަންމަ ގެންގުޅޭ ފިސްތޯލައާ ކުޅެން އުޅުމުގެ ތެރޭގައި އޮޅިގެން ގަޔަށް ބަޑިޖެހިގެން އެމެރިކާގައި ތިން އަހަރުގެ ތުއްތު ކުއްޖަކު އިއްޔެ މަރުވެއްޖެ އެވެ.

އޮހާޔޯ ސްޓޭޓުގައި ހުންނަ އަމިއްލަ ގޭތެރޭގައި އޮތް އެ ފިސްތޯލަ ނަގައިގެން ކުޅެން އުޅުމުގެ ތެރޭގައި އޮޅިގެން ޓްރިގަރަށް ފިތާލެވުމުން، ވަޒަން ގޮސް އެރީ މާކަސް ގްރީންގެ މެޔަށެވެ. އެ އަޑު އިވިގެން އޭނާގެ މަންމަ، އެލިޒަބަތު ގްރީން ދުވެފައި ގޮސް ބެލިއިރު މާކަސް އޮތީ މަރުވެފަ އެވެ.

އެލިޒަބަތު ވަނީ ވަގުތުން ފުލުހުންނަށް ގުޅައި އެކަން ރިޕޯޓުކޮށްފަ އެވެ.

އޮހާޔޯގެ ފުލުހުން ވަނީ އެ ކޯލުގެ ރެކޯޑިން އާއްމުކޮށްފަ އެވެ. އެ ކޯލުގައި އެލިޒަބަތު ބުނާ ގޮތުން އޭނާ ފިސްތޯލަ ބާއްވާފައި އޮތީ އަތްދަބަސް ތެރޭގަ އެވެ. މާކަސް ފިސްތޯލަ ނެގީ އަތްދަބަސް ގޭތެރޭގައި ބާއްވާފައި ބޭރަށް ނުކުތް ތަނުން ކަމަށް އެލިޒަބަތު ބުނެ އެވެ.