ހަބަރު

އެލިޔާގެ ބައިވެރިވުމާއެކު ލޭ ހަދިޔާ ކުރުމުގެ ކެމްޕޭން ފަށައިފި

Jun 13, 2015

އެލިޔާގެ ބައިވެރިވުމާއެކު ލޭ ހަދިޔާ ކުރުމުގެ ކެމްޕޭނެއް މިއަދު ފަށައިފި އެވެ.

ލޭ ހަދިޔާ ކުރާ މީހުންގެ ބައިނަލްއަގުވާމީ ދުވަހާ ގުޅުވައި ހެލްތް މިނިސްޓްރީ އާއި އެލިޔާ އިންވެސްޓްމަންޓް އަދި ބްލަޑް ސާވިސްއާއި ބްލަޑް ޑޮނާސް ގުޅިގެން މިއަދު ހަވީރު ހަތަރެއް ޖެހުމާ ހަމައަށް ކުރިއަށް ގެންދާ ލޭ ހަދިޔާ ކުރުމުގެ ކެމްޕޭނުގައި ސަރުކާރުގެ ބައެއް މިނިސްޓަރުން ލޭ ހަދިޔާކޮށްދީފައިވެ އެވެ. މި ޕްރޮގްރާމް މިއަދު ފައްޓަވައި ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދެވެ.

ލޭ ހަދިޔާ ކުރުމަށް އާއްމުން ހޭލުންތެރި ކުރުވުމަށް ކުރިއަށް ގެންދާ މި ކެމްޕޭން ކުރިއަށް ދަނީ ދަރުބާރުގޭގަ އެވެ. އެލިޔާއިން އިސްނަގައިގެން މީގެކުރިން ވެސް މިފަދަ ޕްރޮގްރާމެއް ހިންގާފައިވެ އެވެ.