ދުނިޔެ

އިންޑިއާގައި ކައިވެންޏަކަށް ދިޔަ ބަޔަކު ބަސް ތެރޭގައި ކަރަންޓުގައި ޖެހިގެން މަރުވެއްޖެ

Jun 13, 2015

ކައިވެނި ހަފުލާ އަކަށް މީހުން ގޮވައިގެން ދިޔަ ބަހެއްގެ މައްޗަށް ކަރަންޓު ނަރެއް ވެއްޓި، ކަރަންޓުގައި ޖެހިގެން 20 މީހަކު އިންޑިއާގައި މަރުވެއްޖެ އެވެ.

އިންޑިއާގެ އުތުރުގެ ރާޖަސްތާން ސްޓޭޓުގެ ޓޮންކް އަވަށުގައި ހިނގި މި ހާދިސާގައި ބަހުގެ މައްޗަށް ވެއްޓުނީ މަގުމަތީގައި ދަމާފައިވާ ކަރަންޓު ނަރެކެވެ. އެކަމަކު، އެ ނަރު ވެއްޓެން ދިމާވި ސަބަބެއް އަދި ނޭނގެ އެވެ.

މަރުވި މީހުންގެ އިތުރުން ގިނަ ބަޔަކަށް ވަނީ އެކި ވަރުގެ ޒަހަމްތައް ލިބިފަ އެވެ. ޒަހަމްވި އެންމެންނަށް އެ އަވަށުގެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

މި ހާދިސާއާ ގުޅޭ ގޮތުން ރަސްމީ އެއްވެސް ފަރާތަކުން އަދި ވަކި އެއްޗެކޭ ނުބުނެ އެވެ.