ވިޔަފާރި

އަމާނާ ތަކާފުލް އިން ލޭ ހަދިޔާކޮށްފި

Oct 20, 2018
1

އަމާނާތަކާފުލް މޯލްޑިވްސް އިން ލޭ ހަދިޔާ ކުރަން ކުރިއަށް ގެންދާ "ބްލަޑް ކޭމްޕް" އަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަކަމަށް އެ ކުންފުނިން ބުނެފި އެވެ.

އަމާނާ ތަކާފުލް މޯލްޑިވްސްގެ އޮފިޝަލަކު ވިދާޅުވީ މިއަދު ހެނދުން 8:00 އިން މެންދުރު 1:00 އަށް ކުރިއަށް، ތެލެސީމިއާ ސެންޓަރުގައި ކުރިއަށް ގެންދާ "ބްލަޑް ކޭމްޕަށް" ގިނަ ބަޔަކު ގޮސް ލޭ ހަދިޔާ ކުރުމަށް ހަރަކާތެއް ހިންގާފަ އެވެ.

"އަޅުގަނޑުމެންގެ ހުރިހާ މުވައްޒަފުން ލޭ ހަދިޔާކޮށްފި. މީގެ އިތުރުން ލޭ ހަދިޔާ ކުރީ ކްލައިންޓުންނާއި އެހެނިގެން ކުންފުނިތަކުގެ މުވައްޒަފުން. ވަރަށް ބޮޑު ތަރުހީބެއް މި ޕްރޮގްރާމަށް ދަނީ ލިބެމުން،" އޮފިޝަލް ވިދާޅުވި އެވެ.

އަމާނާތަކާފުލް މޯލްޑިވްސްގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދާ މި ޕްރޮގްރާމް މިދިޔަ އަހަރު ވެސް ބޭއްވި އެވެ. އަދި މިދިޔަ އަހަރު ވެސް ގިނަ ބަޔަކު ވަނީ ލޭ ހަދިޔާކޮށްފަ އެވެ. އަމާނާތަކާފުލް އިން ދަނީ އިޖުތިމާއީ ޒިންމާގެ ދަށުން ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. މި ހަރަކާތްތަކުގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ ޖަމިއްޔާތަކަށް އެހީތެރިކަން ދިނުން ހިމެނެ އެވެ.