overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

މިއަދު ރައްޔިތުންނަށް މިނިވަންކަމުގެ އިހްސާސް ކުރެވެން ފަށާނެ: ރިޔާޒް

Oct 21, 2018
14

މިއަދު ރާއްޖޭގެ ރައްޔިތުންނަށް މިނިވަން ކަމުގެ އިހްސާސް ކުރެވެން ފަށާނެ ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕް، ޕީޖީގެ ޑެޕިއުޓީ ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެ އެވެ.

ރިޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، ﷲގެ ރަހުމަތުން މިއަދަކީ ދިވެހިންނަށް އަމާން ރައްކާތެރި ދުވަހަކަށްވާނެ ކަމަށެވެ. އަދި މިއަދުގެ ގައުމުގައި އުޅޭ ލޮބުވެތި އެންމެހާ އަހުންނާއި އުހުތުންނަށް މިނިވަންކަމުގެ އިހްސާސް ކުރެވެން ފަށާނެ ކަމަށްވެސް ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް އެގޮތަށް ވިދާޅުވިިއިރު، ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ބާތިލް ކުރަން ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގައި ހުކުމް ކުރުން މިއަދު، މެންދުރު 1:00 އަށް ވަނީ ތާވަލްކޮށްފަ އެވެ.

އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ އިންތިހާބް ކާމިޔާބް ކުރުމާއި ގުޅިގެން ރިޔާޒްގެ ރާގު ވަނީ ބަދަލުވެފަ އެވެ. އެގޮތުން އޭނާ ވަނީ ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމާއި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލަށް މަރުހަބާ ވިދާޅުވެ ޓްވީޓެއްވެސް ކުރައްވާފަ އެވެ. އަދި އިދިކޮޅުގައި ހުންނެވި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދާއެކު ނަންގަވާފައިވާ ފޮޓޯއެއް ވެސް އާންމުވެފައި ވެއެވެ.

އެކަމާ ގުޅިގެން ޕީޖީ ލީޑަރު އަހުމަދު ނިހާން އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލް ރަހީމް އަބްދުﷲ އިސްނަންގަވައިގެން ރިޔާޒްގެ މަގާމް ގެއްލުވާލުމުގެ މަސައްކަތް ފެއްޓެވި އެވެ. ނަމަވެސް މިހާތަނަށްވެސް އެކަމާމެދު ގޮތެއް ނިންމާފައެއްނުވެ އެވެ.