ހަބަރު

ދިޕިކާ އާއި ރަންވީރުގެ ކައިވެނި އަންނަ މަހު 14 ގައި

Oct 21, 2018

ދީޕިކާ ޕަދުކޯނީ އާއި ރަންވީރް ސިންހު ކައިވެނި ކުރާނެ ދުވަސް ހާމަކޮށްފި އެވެ. އެދެމީހުންގެ ކައިވެނި އަންނަ މަހު 14 އަދި 15ގައި އޮންނާނެކަން މިއަދު ވަނީ ހާމަކޮށްފަ އެވެ.

ދިޕިކާ އަދި ރަންވީރުގެ ކައިވެންޏަކީ އެންމެ ގިނަ ބަޔަކު އިންތިހާޒު ކުރަމުން އަންނަ ބޮލީވުޑް ކައިވެންޏެވެ. އެދެމީހުންގެ ކައިވެނީގެ އަޑު މިއަހަރު ވަރަށް ގަދަވެފައިވަނިކޮށް މިއަދު ދިޕިކާ ވަނީ އޭނާގެ ކައިވެނީގެ ކާޑް އިންސްޓަގްރާމްކޮށް ޕޯސްޓެއްކޮށް އެންމެންގެ އިންތިޒާރަށް ނިމުމެއް ގެނެސްފަ އެވެ.

ދިޕިކާ ޕޯސްޓްކޮށްފައިވާ ކައިވެނީގެ ދެ އިންވިޓޭޝަން ކާޑް ހިމެނޭއިރު، އެއްކާޑްގައި ހިންދީއިން އަދި އަނެއް ކާޑްގައި އިނގިރޭސިން ލިޔެފައިވެއެވެ. އެކާޑްގައި ލިޔެފައިވަނީ ވަނީ އާއިލާގެ ހެޔޮއެދުމާއެކު އަންނަ މަހުގެ 14 އަދި 15 ވަނަ ދުވަހު ކައިވެނީގެ ހަފްލާ އޮންނާނެކަން އިއުލާން ކުރަނީ ވަރަށްވެސް އުފަލާއެކު ކަަމަށެވެ. ވޭތުވެދި އަހަރުތަކުގެ ތެރޭގައި ހުރިހާ އެންމެންގެ ފަރާތުން ލިބުނު ލޯތްބަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ދެމީހުންގެ ކައިވެނީގެ ހަޔާތައް ހުރިހާ ފަރާތްތަކުގެ ހެޔޮއެދުންތައް ބޭނުންވާ ކަމަށްވެސް އެ ކާޑްގައިވެއެވެ.

ދީޕިކާ އާއި ރަންވީރުގެ ކައިވެނި އޮންނާނެ ކަމަށް ރިޕޯޓްތަކުގައި ބުނެފައިވަނީ އިޓަލީގެ ޕިކްޗަރެސްކް ލޭކް ކޯމޯގަ އެވެ.