overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އިންސާފު ލިބިއްޖެ، މިއީ ފާހަގަކޮށްލެވޭ ހުކުމެއް: މައުމޫން

މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ބާތިލުކުރަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމަކީ ފާހަގަކޮށްލެވޭ ހުކުމެއް ކަމަށާއި އިންސާފު ލިބިއްޖެ ކަމަށް ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްުޔޫމު ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އިންތިހާބީ ރައީސް އިބުރާހީމް މުޙައްމަދު ސޯލިހާއި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމަށް މަރުހަބާ ވިދާޅުވެ މައުމޫނު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ އެ ދެ ބޭފުޅުންނަށް ލިބިވަޑައިގެންނެވި ކާމިޔާބީ ސުޕްރީމް ކޯޓުން ސައްހަކޮށްދީފި ކަމަށެވެ.

ރިޔާސީ އިންތިހާބު ބާތިލް ކުރަން ނުޖެހޭ ކަމަށް ނިންމީ ސުޕްރީމް ކޯޓުގެ ފުލް ބެންޗްގެ އިއްތިފާގުންނެވެ. ހުކުމުގައި ބުނީ، އިންތިހާބެއް ބާތިލް ކުރަން ޖެހޭނެ ފަދަ ހެއްކެއް ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ނުވާ ކަމަށާއި އިންތިހާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އާއި ނާކާމިޔާބުވެ ވަޑައިގަތް އަބްދުﷲ ޔާމީންއާ ދެމެދު ވޯޓްގެ ފަރަގު ވަރަށް ބޮޑުކަމަށެވެ. އެހެން ކަމުން ރިޔާސީ އިންތިހާބު ބާތިލް ކުރަން ޖެހޭ ފަދަ ސަބަބެއް ނެތް ކަމަށް ވެސް ސުޕްރީމް ކޯޓްގެ ހުކުމުގައިވެ އެވެ.

މީގެ އިތުރުން އިންތިހާބާ މެދު ކުރާ ތުހުމަތުތައް ތަހުގީގު ކުރަން ފުލުހުންނާއި ސިފައިންގެ މައްޗަށް އަމުރެއް ނެރެ ދިނުމަށް އެދިފައިވީ ނަމަވެސް، އެ ކަންތައްތަކަކީ ތުހުމަތުތަކެއް ކަމަށްވާތީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ތެރެއިން އެކަންކަން ތަހުގީގު ކުރަން ކޯޓް އަމުރެއް ނެރެން ޖެހޭ އަސާސެއް ނެތް ކަމަށެވެ.