ހަބަރު

އިބްރާ އާއި އަމީން ދިރިއުޅުއްވާ ގެ ފާސްކޮށް ސައުންޑް ސިސްޓަމްތަކެއް ގެންގޮސްފި

Jun 13, 2015
3

އެމްޑީޕީގެ ކުރީގެ ރައީސްކަން ކުރެއްވި އަދި މަންދު ކޮލެޖްގެ ވެރިޔާ އިބްރާހިމް އިސްމާއިލް (އިބުރާ) ދިރިއުޅުއްވާ، މއ. ބޯގަންވިލާ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަލައި ފާސްކޮށް ރޭގެ މުޒާހަރާގައި ބޭނުން ކުރި ސައުންޑް ސިސްޓަމެއް ފުލުހުން ގެންގޮސްފި އެވެ.

ފުލުހުން ބުނީ މިރޭ ބޯގަންވިލާ ފާސްކޮށް ބައެއް ތަކެތި ގެންގޮސްފައިވާ ކަމަށާއި އިތުރު ތަފުސީލެއް ދެވެން ނެތް ކަމަށެވެ.

ކްރިމިނަލް ކޯޓުން ފުލުހުންނަށް ދީފައިވާ ބަލައި ފާސްކުރުމުގެ އަމުރުގައި ބުނެފައިވާ ގޮތުގައި ފުލުހުން އެ ގެ ބަލައި ފާސްކުރަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި އިމާރާތްތަކުގައި އަޑުގަދަ ކުރާ ހަރުކޮށްގެން ރޭގެ 11:00 ގެ ފަހުން މުޒާހަރާގެ ބައިވެރިން އަޑުގަދަ ކޮށްފައި ވާތީ، މުޒާހަރާގެ ބައިވެރިން ބޭނުން ކުރި ބޯގަންވިލާ ގޭގައި ހުރި ސައުންޑް ސިސްޓަމް ހޯދުމުގެ ގޮތުންނެވެ.

އަޑުގަދަ ކުރާ ބޭނުން ނުކުރުމަށް ރޭ 11:00 ގެ ފަހުން ފުލުހުން އެންގުމުން ވެސް ވަޔަލަސް މައިކްތައް ބޭނުންކޮށް މުޒާހަރާގެ ބައިވެރިން ވަނީ ޝުއޫރުފާޅުކޮށް އަޑުގަދަކޮށްފަ އެވެ. އަދި އެކަން ކުރުމަށް މުޒާހަރާގެ ބައިވެރިން ބޭނުން ކޮށްފައި ވަނީ މާލޭގެ އެކި ސަރަހައްދު ތަކުގެ އިމާރާތްތަކުގައި ހަރުކޮށްފައި ހުރި އަޑުގަދަ ކުރާތަކެވެ.

ރޭގެ މުޒާހަރާގައި 11:00 އިގެ ފަހުން އަޑުގަދަ ކުރާ ބޭނުން ނުކުރުމަށާއި 12:00 އިގ ގެ ފަހުން މުޒާހަރާ ނިންމާލުމަށް ތަކުރާރުކޮށް ފުލުހުން އެންގުމުން ވެސް، އެކަމަށް އިޖާބަދީފައި ނުވާތީ ފުލުހުން ރޭ ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވެސް ހައްޔަރުކޮށްފައެވެ. ނަމަވެސް ކްރިމިނަކް ކޯޓުން މިރޭ ވަނީ މަހުލޫފް ދޫކޮށްލާފައެވެ.