overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ހުކުމަށް އިހުތިރާމްކޮށް، ރައީސް ޔާމީންއާއެކު ކުރިޔަށް ދާނަން: ޕީޕީއެމް

ރިޔާސީ އިންތިހާބު ބާތިލު ނުކުރުމަށް ނިންމާ ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމަށް އިހުތިރާމް ކުރާނެ ކަމަށާއި އެގޮތުގައި ކުރިޔަށް ދާނެ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.

ޕީޕީއެމްގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލް މިއަަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމަށް ޕީޕީއެމް އިން ވަރަށް ބޮޑަށް އިހުތިރާމް ކުރާ ކަމަށެވެ. އަދި އެ ހަގީގަތާއެކު ޕާޓީ ކުރިޔަަށް ދާނެ ކަމަށާއި ދެމި ހުންނާނީ ރައީސް ޔާމީން ފަހަތުގައި ކަމަށް ހަލީލް ވިދާޅުވި އެވެ.

ހަލީލް ކުރެއްވި ޓްވީޓު

ރިޔާސީ އިންތިހާބުން ނާކާމިޔާބު ވެވަޑައިގަތް ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅީ ރިޔާސީ އިންތިހާބު ބާތިލު ކުރުމަށާއި އިންތިހާބާ ގުޅިގެން ކުރެވޭ އިލެކްޝަންސް ކޮމިޝަނަށް ކުރެވޭ ތުހުމަތުތައް ތަހުގީގު ކުރުމަށް އަމުރެއް ނެރެދިނުމަށެވެ.

ނަމަވެސް ސުޕްރީމް ކޯޓުގެ ފަސް ފަނޑިިޔާރުންގެ އިއްތިފާގުން މިއަދު ނިންމީ ރައީސް ޔާމީން ހުށަހެޅުއްވި ކަންކަން ސާބިތުކުރަން ހަރުދަނާ އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާ ކަމަށެވެ. އަދި އިންތިހާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުއާ ނާކާމިޔާބުވެ ވަޑައިގަތް އަބްދުﷲ ޔާމީންއާ ދެމެދު ވޯޓްގެ ފަރަގު ވަރަށް ބޮޑު ކަމަށާއި އެހެން ކަމުން ރިޔާސީ އިންތިހާބު ބާތިލް ކުރަން ޖެހޭ ފަދަ ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމި އެވެ.