ހަބަރު

މުޒާހަރާއިން ހައްޔަރު ކުރި އެންމެން ދޫކޮށްލައިފި

Jun 13, 2015

އެމްޑީޕީން ރޭ މާލޭގައި ކުރި މުޒާހަރާއިން ހައްޔަރު ކުރި 12 މީހުން ދޫކޮށްލައިފި އެވެ. އޭގެ ތެރޭގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވެސް ހިމެނެ އެވެ

ހައްޔަރު ކުރި މީހުންގެ ބަންދުގެ މުއްދަތުގެ މަޖިލީހަށް މިރޭ ހާޒިރު ކުރުމުން އެ މީހުން ދޫކޮށްލީ ފުލުހުންނަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށްފަ އެވެ.

ރޭގެ މުޒާހަރާއިން ހައްޔަރު ކުރި ގިނަ މީހުން ހައްޔަރު ކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެގެނެވެ. މުޒާހަރާއިން މަހުލޫފު ހައްޔަރު ކުރީ މުޒާހަރާ ކުރި ސަރަހައްދު ދޫކޮށް ދިޔުމަށް ތަކުރާރުކޮށް އޭނާއަށް ނަސޭހަތްތެރިވުމުން ވެސް އެކަން ގަބޫލުނުކޮށް އެ އަމަލު ތަކުރާރުކޮށްފައި ވާތީ އެވެ. މަހުލޫފު ވަނީ މުޒާހަރާ ރޫޅާލި ފަހުން ވެސް މަގުމައްޗަށް ނުކުމެ މީހުން އެއްކުރަން މަސައްކަތް ކޮށްފަ އެވެ.