overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ޕީޕީއެމް

ޕީޕީއެމް 75،000 ރުފިޔާއިން ޖޫރިމަނާކޮށްފި

Oct 22, 2018
6

ރިޔާސީ އިންތިހާބާ މެދު ޝައްކު އުފައްދާ ޕީޕީއެމްއިން ކުރަމުން އަންނަ މުޒާހަރާތަކާ ގުޅިގެން ވެރިކަން ކުރާ ޕީޕީއެމް 75،000 ރުފިޔާއިން ޖޫރިމަނާކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނިންމައިފި އެވެ.

ސުޕްރީމް ކޯޓްގެ ހުކުމަށް ފަހު، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދަައްކަވަމުން އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ރައްޔިތުންނާއި ބޭރުގެ ދުނިޔެ އަދި ރާއްޖޭގެ ހުރިހާ މުއައްސަސާއެއް ބަލައިގެންފައިވާ ރިޔާސީ އިންތިހާބާ ބެހޭ ގޮތުން ސުވާލުތަކެއް އުފެދޭ ގޮތަށް ދޮގު ވާހަކަތަކެއް ޕީޕީއެމްއިން ފަތުރަމުން ދިޔަ ކަމަށާއި މައުލޫމާތު ދޭ ސެޝަންތަކެއް ކަމަށް ބުނެ، އެއްވުންތައް ބާއްވާ އީސީގެ އިންޓަގްރިޓީ ގެއްލޭ ފަދަ އަމަލުތަކެއް ހިންގަމުން ދިޔަ ކަމަށެވެ.

އެކަންތައް ހުއްޓުވުމަށް ނަސޭހަތްދީ އީސީއިން ޕީޕީއެމްއަށް ސިޓީ ފޮނުވާފައިވާ ކަމަށާއި އެކަން ނުހުއްޓުވައިފި ނަމަ ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ ސިޓީގައި އިންޒާރު ދީފައިވާނެ ކަމަށެވެ. ނަމަވެސް އެކަން ތަކުރާރު ކުރަމުން ދިޔުމުން ޕީޕީއެމް 75،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ނިންމާފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"އިއްޔެ ކޮމިޝަންގައި އެކަމާ ގުޅޭ ގޮތުން މަޝްވަރާކޮށް ޕީޕީއެމް 75،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ވަނީ ނިންމައިފައި،" ޝަރީފް ވިދާޅުވި އެވެ.

ވެރިކަން ކުރާ ޕާޓީއަށް ރިޔާސީ އިންތިހާބުން ލިބުނު ނާކާމިޔާބީއަށް ފަހު ކޮންމެ ރެއަކު އެ ޕާޓީގެ މެންބަރުން ދިޔައީ ޕީޕީއެމް އޮފީސް ކުރިމައްޗައް އެއްވެ މުޒާހަރާކުރަމުން އެވެ. އަދި އެއްވުމުގައި ޝަރީފް އާއި އީސީގެ އެހެން މެންބަރުންނަށް "ވަގަށް" ގޮވުމާއި އިންތިހާބު އޮޅުވާލިކަމުގެ ތުހުމަތުތައް ކުރަމުން ދިޔަ އެވެ.

ނަމަވެސް ސުޕްރީމް ކޯޓުން އިއްޔެ ވަނީ އެ ޝަކުވާތައް ހުއްޖަތަކަށް ދައްކައިގެން ރައީސް އަބްދުﷲ ޔާމީން ހުށަހެޅި މައްސަލާގައި ރިޔާސީ އިންތިހާބު ބާތިލު ނުކުރަން ހުކުމްކޮށްފަ އެވެ. ރައީސް ޔާމީންގެ ކުރައްވާ ތުހުމަތުތައް ސާބިތު ކުރާނެ އެއްވެސް ހެއްކެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައެއް ނުވާ ކަމަށް އެ ކޯޓްގެ ހުކުމުގައިވެ އެވެ.