overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ރައީސް ޔާމީންގެ ތުހުމަތުތަކުން ޝަރީފަށް ފުން އަސަރުތަކެއް

Oct 22, 2018
12

ރައީސް އަބްދުﷲ ޔާމީންއަށް ވަފާތެރިވުމަކީ ރިޔާސީ އިންތިހާބުގައި ރައްޔިތުން ލީ ވޯޓްގެ ނަތީޖާ އެމަނިކުފާނާ ދިމާލަށް އަނބުރާލުންތޯ އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު ސުވާލު ކުރައްވައިފި އެވެ.

ޝަރީފްއަކީ މީގެ ކުރިން ޕީޕީއެމްގައި އިސްކޮށް މަސައްކަތް ކުރައްވާ ރައީސް ޔާމީން އިންތިހާބު ކުރުމަށް ކެމްޕެއިންކޮށްދެއްވި ބޭފުޅެކެވެ. އަދި ރައީސް ޔާމީންއާ ވެސް ވަރަށް އަރިސްކޮށް އުޅުއްވި ބޭފުޅެކެވެ. ނަމަވެސް ރިޔާސީ އިންތިހާބުން ނާކާމިޔާބު ވެވަޑައިގަތުމާ ގުޅިގެން ޕީޕީއެމް އިން ވަނީ ޝަރީފްއަށް ބޮޑެތި ތުހުމަތުކެއްކޮށްފަ އެވެ. އަދި ރައީސް ޔާމީން ވެސް ވަނި ޝަރީފްއަށް ފާޑު ވިދާޅުވެފަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޝަރީފް ވަރަށް އަސަރާއެކު ވިދާޅުވީ އޭނާއަކީ ވަފާތެރި މީހެއް ނޫނޭ ރައީސް ޔާމިން ބައެއް ތަންތަނުގައި ވިދާޅުވަމުން ގެންދަވާ ކަމަށެވެ. އެހެންވެ ރައީސްއާ ސުވާލެއްކޮށްލަން ބޭނުންވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ފެންކަޅިވެފައި ހުންނަވާ ޝަރީފް ވިދާޅުވީ އޭނާ ހުންނެވި މަގާމުގެ ގޮތުން ރައީސް ޔާމީންއަށް ވަފާތެރިވުމަކީ ވަކި ފަރާތަކަށް ނަތީޖާ އަަނބުރާލުން ތޯ ރައީސް ޔާމީންއާ ސުވާލު ކުރައްވައިފަ އެވެ. އެހެންވެއްޖެ ކަމަށް ވަނީ ނަމަ ރައީސް ޔާމީންއަކަށް ވަފާތެރިވެފައި ނުވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ. ނަމަވެސް ވަފާތެރިވުމަކީ ރައީސް ޔާމީންއަށް ނުވަަތަ ވަކި ފަރާތަކަށް ނުޖެހި އަމަލު ކުރުން ކަމަށް ވަންޏާ އެކަން ވަރަށް ފުރިހަމައަށް ކޮށްފައިވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކޮމިޝަނުން އެއްވެސް ވިސްނުމެއް އެއްވެސް ރޭވުންތެރިކަމެއް ވެސް ނެތް ރާއްޖޭގެ ރައްޔިތުން ވޯޓު ލައިގެން ނެރުނު ނަތީޖާ ވަކި ދިމާލަށް އަނބުރާލުމުގެ، އަޅުގަނޑުމެްނ ނުކުރާނެ ކަމެއް އެއީ، ވއެއްވެސް އިންތިހާބެއްގައި އަޅުގަނޑުމެންގެ މުއައްޒަފެއް ވެސް ކޮމިޝަންގެ މެންބަރެއް ވެސް އެއކަމަކަށހިޔާލު ވެސް ބަދަލު ކުރެވިފައި ނެތް، އެހެންވީމަ އެއީ ވަފާތެރި ނޫން ކަމަށް ވަންޏާ ތެދު ވާހަކައެއް އެ ވިދާޅުވީ،" ޝަރީފް ވިދާޅުވި އެވެ.

އީސީއަށް އައްޔަން ކުރުމުގެ ކުރިން ޕީޕީއެމްގައި އިސްކޮށް އުޅެ ޕީޕީއެމްގެ ފިކުރުގައި މަސައްކަތް ކުރިއިރު އެއްވެސް ކަމަކަށް އިންކާރެއް ނުކުރައްވާ ކަމަށާއި އެކަމަކާ ދެރައެއް ވެސް ނުވާ ކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި ޕީޕީއެމްއަށް އިހުލާސްތެރިކަމާއެކު މަސައްކަތްކޮށްދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އޭނާ އީސީއަށް އައްޔަން ކުރުމާއެކު އޭނާގެ މެންޑޭޓު މުޅިން ބަދަލުވެގެން ދިޔަ ކަމަށާއި ވަކި އިމެއްގެ ތެރޭގައި ހުންނަން ޖެހޭ މީހަކަށް ބަދަލުވެގެން ދިޔަ ކަމަށެވެ. އެހެންވެ އެ އިމުން ބޭރު ނުވާ ކަން ދިވެހި ހުރިހާ ރައްޔިތުންނަށް ހާމަކޮށްދޭން ބޭނުންވި ކަމަށާއި އަމަލުތައް ބެހެއްޓެވީ ވެސް އެގޮތަށް ކަމަށް ޝަރީފް ވިދާޅުވި އެވެ. އެކަން މިއަދު ސާބިތުކޮށްދެއްވިއްޖެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.