ހަބަރު

ހުރިހާ މަސައްކަތެއް ކުރާނީ ސަރުކާރު ވައްޓާލަން: މަހުލޫފު

Jun 14, 2015
3

ހުރިހާ މަސައްކަތެއް ކުރަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލަން ކަމަށާއި އެކަން ކާމިޔާބު ކުރާނެ ކަމަށް  މުޒާހަރާގެ ތެރެއިން ހައްޔަރު ކުރުމަށްފަހު ދޫކޮށްލި މަޖިލިސް މެންބަރު ގަލޮޅު ދެކުނު ދާއިރާގެ މަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ. 

މުއްދަތުގެ މަޖިލީހުގައި ކޯޓުން ދޫކޮށްލުމުން ރޭ އެމްޑީޕީގެ އެއްވުމަށް ވަޑައިގެން މަހުލޫފު އަޑު ހަރު ކުރައްވާ ވިދާޅުވީ ކޯޓުގައި ދައުލަތުން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް ފަހަތަށް ނުޖެހޭނެ ކަމަށާއި "ރައީސް ޔާމީންގެ ވެރިކަން ވައްޓާލާނެ" ކަމަށެވެ. ކުރިޔަށް އޮތް ދުވަސްތަކުގައި ހުއްޓައިނުލާ ކުރާ މަސައްކަތުން ރައީސް ޔާމީންގެ ވެރިކަން ވައްޓާލެވޭނެ ކަމަށް ވެސް ޕީޕީއެމުން ވަކި ކޮށްފައިވާ އެ މެންބަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުއްދަތުގެ މަޖިލީހުގައި އޭނާ ދޫކޮށް ނުލުމަށް ދައުލަތުން ވާހަކަތައް ދެއްކި ނަމަވެސް ފަނޑިޔާރުން އޭނާ ދޫކޮށްލުމުން ސަރުކާރުން ބުނާ ހުރިހާ ގޮތެއް ފަނޑިޔާރުން ނުހަދާ ކަމަށް އިހުސާސް ކުރެއްވުނު ކަމަށެވެ.

މުޒާހަރާގައި މަހުލޫފު ހައްޔަރު ކުރީ ތަކުރާރުކޮށް ފުލުހުން އެންގި އެންގުންތަކަށް ކިޔަމަން ނުވުމުންނެވެ.