ހަބަރު

ދާންދޫގެ ކުރީގެ ކައުންސިލަރުންތަކަކަށް ދައުވާ ކުރަން އެދެފި

Jun 14, 2015

މަގާމުގެ ނުފޫޒު ބޭނުންކޮށް ނާޖާއިޒު ފައިދާއެއް ހޯދައި ދިނުމުގެ ތުހުމަތަށް ގއ. ދާންދޫ ކުރީގެ ކައުންސިލްގެ ފަސް މެންބަރެއްގެ މައްޗަށް ދައުވާކޮށްދޭން އޭސީސީއިން ޕީޖީ އޮފީހަށް މައްސަލަ ފޮނުވައިފިއެވެ.

ދައުވާ ކޮށްދޭން އެދިފައިވާ ކުރީގެ ކައުންސިލަރުންނަކީ ޝުއައިބު އަބްދުﷲ އާއި މުހައްމަދު އާސިފާއި އިމްރާން ވަހީދާއި މިފުރާހު އާއި ފަޒުނާ އާދަމެވެ.  

ކައުންސިލަރުންގެ މައްޗަށް ތުހުމަތުވި މައްސަލައަކީ ކައުންސިލް މެންބަރުން ގަޑިޖެހިގެން އޮފީހަށް ވަޑައިގެންނެވި ނަމަވެސް ގަޑީ ފައިސާ ނުކެނޑޭނެ ކަމަށާއި، އެފަރާތްތަކަކީ ގަޑިޖެހޭ ބައެއް ނޫން ކަމަށާއި އޮފީހަށް ހާޒިރުނުވާ ދުވަސްތަކުގައި ވެސް މުސާރަ ނަގައި އަހަރީ ޗުއްޓީއާއި އާއިލީ ޒިންމާ ޗުއްޓީގެ އިތުރުން ނިސްބަތްވާ ޕާޓީގެ ބޭނުމަށްވެސް ޗުއްޓީނަގައި، އެދުވަސްތަކަށް މުސާރަ ނަގާ މައްސަލަ އެވެ.

އޭސީސީން ބުނީ ކައުންސިލަރުންގެ މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާ ފަރާތަކީ ރައްޔިތުންގެ މަޖިލިސް ކަމަށާއި ހާޒިރުނުވާ ދުވަސްތަކަށާއި ގަޑިޖެހިގެން ހާޒިރުވާނަމަ ކައުންސިލަރުންގެ މުސާރައިން އުނިކުރަންޖެހޭނެކަމަށް މަޖިލީހުން ނިންމާ އެކަމަށް އެލްޖީއޭއިން ގަވައިދު އެކުލަވާލާފައިވާ ކަމަށެވެ. ންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އިން ވަނީ ގަވާއިދެއް އެކުލަވާލައި އެކަން ސާކިއުލާއަކުން އަނގާފައިވާ ކަމަށެވެ.

އޭސީސީން ބުނީ އެ މައްސަލަ ބެލިއިރު އެލްޖީއޭގެ ސާކިއުލާއަށް އަމަލު ނުކުރަން ދާންދޫ ކައުންސިލްގެ އާންމު ޖަލްސާއަކުން ނިންމާފައިވާ ކަމަށާއި އެކަމަށް މެންބަރުން ވެސް އިއުތިރާފުވާ ކަމަށެވެ. އަދި އޮފީހަށް ހާޒިރުނުވާ ދުވަސްތަކަށާއި ގަޑިޖެހިގެން ހާޒިރުވާ ވަގުތުތަކަށް ކައުންސިލަރުންގެ މުސާރައިން އުނިކުރަންޖެހޭ ފައިސާ އުނިކޮށްފައި ނުވާކަން އިދާރީ ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ.