ދުނިޔެ

އޭލެވެލް ޕޭޕަރު ކުދިންނަށް ވިއްކި 57 މީހަކު މޮރޮކޯގައި ހައްޔަރުކޮށްފި

Jun 14, 2015

އޭލެވެލް އިމްތިހާނުގެ ސުވާލާއި ޖަވާބުތައް ދަރިވަރުންނަށް ވިއްކި ކަމުގެ ތުހުމަތުގައި 50 އަށް ވުރެ ގިނަ މީހުން މޮރޮކޯގެ އެކި ކަންކޮޅުތަކުން ހައްޔަރުކޮށްފި އެވެ.

މޮރޮކޯގެ ފުލުހުން ބުނި ގޮތުގައި މޮރޮކޯގެ ބައި މިލިއަނެއްހާ ދަރިވަރުން މި ހަފުތާގެ ކުރީކޮޅު ހެދި އެ އިމްތިހާނުގެ ސުވާލުތައް، ފައިސާ ދޭ މަތިން ލީކުކުރީ ސޯޝަލް މީޑިއާ ފޯރަމްތަކުގަ އެވެ. އެ ސުވާލުތަކުގެ ޖަވާބު ކުދިންނަށް ވިއްކީ އިމްތިހާނު ހަދަމުން ދިޔައިރު އެ ކުދިންގެ މޮބައިލް ފޯނަށް ފޮނުވައިގެން ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފެންމަތިވީ ހިސާބު އިމްތިހާނުގެ ސުވާލުތައް އިންޓަނެޓުގައި ލީކުވި ހިސާބުންނެވެ. އެ އިމްތިހާނު އަލުން ބާއްވަން ވަނީ ނިންމާފަ އެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން 15 އަވަށަކުން ޖުމްލަ 57 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.