overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އިބޫވެސް ހުވާ ކުރައްވަން ބޭނުންވަނީ އަންނަ މަހު 17ގައި!

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫވެސް ބޭނުންވަނީ އަންނަ މަހުގެ 17 ވަނަ ދުވަހު ރައީސްކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދާމް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ރޮޒެއިނާ ވިދާޅުވީ، 2013 ވަނަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހު މަޖިލީހުގައި ސޮއި ކޮށްފައިވާ އިގްރާރެއްވާ ކަމަށާއި އެއިގްރާރުގައި ވަނީ ރައީސް އަބުދުﷲ ޔާމީންގެ ދައުރަކީ 2013 ނޮވެމްބަރު 17 ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަހަށް ކަމަށެވެ. އެ އިގްރާރުގައި މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި ރައީސް އަބުދުﷲ ޔާމީން ސޮއި ކުރައްވާފައިވާ ކަމަށްވެސް ރޮޒައިނާ ވިދާޅުވި އެވެ.

"އެކަން އެގޮތަށް އޮތުމުން އިބޫވެސް އެކަމަކަށް ޗެލެންޖް ކުރައްވާކަށް ބޭނުންފުޅުވެވަޑައިނުގަންނަވާ، އެކަމަނިކުފާނުވެސް ވިދާޅުވީ ދައުލަތުގެ ތިން ބާރުން ސޮއި ކޮށްފައިއޮތް ޑޮކިއުމަންޓެއް އޮތުމާއެކީގައި އެކަން އެއޮތްގޮތް އެމަނިކުފާނަށް ސާފުވެވަޑައިގަންނަވާ ކަމަށާއި އެމަނިކުފާނު އެއް ގޮތަކަށްވެސް މިކަމުގަ ހިލާފު އުފައްދާ ރައްޔިތުންގެ ތެރޭގައި ހަމަނުޖެހުމަކަށް ނޫނިއްޔާ ބަލައި ނުގަނެވޭ ގޮތަކަށް އެމަނިކުފާނުގެ ހުުވާ ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދަން ބޭނުންފުޅުވެވަޑައިނުގަންނަވާ،"

އިބޫ އެގޮތަށް ވިދާޅުވެފައިވާއިރު، އިބޫ ހުވާ ކުރެއްވުން އަންނަ މަހު 17 ގައި ބޭއްވުމަށް ރައްޔިތުން މަޖިލީހުގެ ކޮމިޓީ އިން މިއަދު ވަނީ ފާސްކޮށްފަ އެވެ. އިބޫ ހުވާ ކުރާ ދުވަސް ފާސް ކުރީ އެކަމަށް މިއަދު އެކުލަވާލި ކޮމިޓީގެ އަގުލަބިއްތުންނެވެ.

އެ މައްސަލާގައި މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރައްވަމުން އިބޫ ވިދާޅުވީ އެމަނިކުފާނު ފުރަތަމަ ކުރެއްވި ކަންތައް ކުރެއްވީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް އެއްވެސް އިރެއްގައި ބަޔަކު ބުނާކަށް ބޭނުންނުވާ ކަމަށެވެ. އެހެންކަމުން އިބޫ ބޭނުންފުޅު ވަނީ އެފަދަ ކަމެއް ނިންމަން ޖެހޭނީ އެންމެން އެއްބަސްވެވޭ ގޮތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.