overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިބޫ ހުވާ ކުރުން 17 ނޮވެމްބަރުގައި ބާއްވަން މަަޖިލީހުގެ އިއްތިފާގުން ފާސްކޮށްްފި

ރައިސުލްޖުމްހޫރިއްޔާގެ މަގާމަށް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އަންނަ މަހު 17 ގައި ބޭއްވުމަށް ރައްޔިތުން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ނޮވެމްބަރު 17 ގައި އިބޫ ހުވާ ކުރެއްވުމަށް ނިންމާފައި ވަނީ ގާނޫން އަސާސީގެ 114 ވަނަ މާއްދާގައި ބަޔާން ކުރާ ހުވާ ކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ތާރީހު ކަނޑައެޅުމުގެ މައްސަލަ ދިރާސަ ކުރެއްވި ވަގުތީ ކޮމިޓީ އިންނެވެ. މިރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި ބައިވެރި 63 މެންބަރުންގެ އިއްތިފާގުންނެވެ.

ބަހުސް މަރުހަލާގައި އިދިކޮޅު ހުރިހާ މެންބަރުން ވެސް އިއްތިފާގުވީ ނޮވެމްބަރު 11 ގައި އިބޫ ހުވާ ކުރެއްވުމަށެވެ. ނަމަވެސް ކޮމިޓީ އިން އެ މައްސަލަ ދިރާސާ ކުރެއްވި އިރު 2013 ވަނަ އަހަރު މަޖިލީހުގެ ރައީސް އާއި އޭރުގެ އުއްތަމަ ފަނޑިޔާރު ސޮއި ކުރައްވާފައިވާ އިގުރާރަކަށް ރިއާޔަތްކޮށް އިބޫ ހުވާ ކުރައްވާާނީ ނޮވެމްބަރު 17 ގައި ކަމަށް ވަނީ ނިންމައިފަ އެވެ. އެ އިގުރާރުގައިވާ ގޮތުން ރައީސް އަބްދުﷲ ޔާމީން ހުވާ ކުރައްވަނީ ނޮވެމްބަރު 17 އިން ފެށިގެން ފަސް އަހަރުގެ ދައުރަކަށެވެ.

އެކަމާ ގުޅިގެން އިބޫ ވަނީ ނުވެމްބަރު 11 ގައި ހުވާ ކުރައްވަން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މަސްލަހަތަށްޓަކައި އެމަނިކުފާނު ހުވާ ކުރައްވަން ބޭނުން ވަނީ ގާނޫނަކާ ހިލާފު ނުވާނެ ގޮތަށް އެއްވެސް މީހަކަށް އެކަމާ ސުވާލު ނޫފެއްދޭނެ ގޮތަކަށް ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

އިބޫ ހުވާ ކުރެއްވުމަށް ނިންމާފައި ވަނީ ގަލޮޅު ދަނޑުގައި އާންމުންނަށް ހުޅުވާލައިގެނެވެ. އެ ހަފްލާގައި އިދިކޮޅު ހަތަރު ލީޑަރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެމްޑީޕީ އިން ބުނެ އެވެ.