ވިޔަފާރި

ރެފްލްސްއަށް މެރަދޫ ރީބްރޭންޑްކޮށް މި އަހަރުގެ ފަހުކޮޅު ހުޅުވަނީ

ޖުމައިރާ ދެވަނަފުށި ހިންގަމުން ދިޔަ ގއ. މެރަދޫ "ރެފްލްސް މޯލްޑިވްސް" ގެ ނަމަށް ރީ-ބްރޭންޑްކޮށް މި އަހަރުގެ ފަހުކޮޅު ހުޅުވަން ތައްޔާރު ވެއްޖެ އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ވެބްސައިޓެއްގައިވާ ގޮތުން ސިންގަޕޫރުގެ އެންމެ ވަރު ގަދަ ހޮޓެލް ޗެއިން ކަމަށްވާ އެކޯ ހޮޓެލްސްގެ އެންމެ ވަރުގަދަ ބްރޭންޑުގެ ގޮތުގައި ހިންގާ، މި ރިސޯޓު ރީބްރޭންޑް ކުރުމުގެ މަސައްކަތް ވަނީ ގާތްގަނޑަކަށް ނިމުމާ ގާތްވެފަ އެވެ.

ބޮޑު ބަދަލަކާއެކު ހުޅުވާ "ރެފްލްސް މޯލްޑިވްސް" ހުޅުވާއިރު އެ ރިސޯޓުގައި 21 އައިލެންޑް ވިލާ އާއި 16 އޯޝަން ވިލާ ހުންނާނެ އެވެ. އަދި ރިސޯޓުގައި 24 ގަޑިއިރު ބަޓްލާ ހިދުމަތުގެ އިތުރުން ޔޯގާގެ ހިދުމަތާއި މޫދު ކުޅިވަރުގެ ގިނަ ހިދުމަތްތައް ވެސް ލިބޭން ހުންނާނެ އެވެ.

މަޝްހޫރު ދުބާއީގެ ޖުމައިރާ ގްރޫޕުން ދެވަނަފުށި ހިންގިއިރު މެރަދޫގައި 37 މޫދު ކޮޓަރި ހުއްޓެވެ. މެރަދޫއަކީ 400 ކިލޯމީޓަރު ދުރުގައި އޮންނަ ރިސޯޓެކެވެ.