overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ނިހާންގެ ބަސް: ޕީޕީއެމްގެ ބަލިފަޔަކަށްވީ ފައިސާޔާ ކޯޅުން

މިދިޔަ އިންތިހާބުތަކުގައި ޕީޕީއެމްގެ ތެރޭގައި މަސްލަހަތު ގެއްލި ކޯޅޭ ހިސާބަށް ދަނީ ކެމްޕެއިންގެ ފައިސާ ބެލެހެއްޓާނީ ކާކުކަން ކަނޑައަޅާ ހިސަބުން ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.

"އަވަސް ހުކުރު" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ނިހާން ވަނީ 2013 ވަނަ އަހަރު ތެރޭގައި ޕާޓީގެ އޭރުގެ ބައެއް ކައުންސިލް މެންބަރުންނާއި ރައީސް އަބްދުﷲ ޔަމީންއާ ދެމެދު މައްސަލަތަކެއް ޖެހިވަޑައިގަންނަން ޖެހުނު ސަބަބު ހާމަ ކުރައްވައިފަ އެވެ.

ނިހާން ވިދާޅުވީ 2013 ވަނަ އަހަރުގައި ރައީސް ޔާމީންއަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު ލިބިވަޑައިގަތް ހިސާބުން ފެށިގެން ޕާޓީގެ ކައުންސިލް ތެރޭގައި ވަކި ބަޔަކު ވަކި ގޮތަކަށް އަމަލު ކުރަން ޖެހުމުގެ ސަބަބުން އެމަނިކުފާނަށް ބޮޑެތި ދަތިތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތް ކަމަށެވެ. ކެމްޕެއިންގެ ތެރޭގައި ގިނަ އަދަދަކަށް ފައިސާ އެކުލެވޭތީ ކޮންމެ މީހެއްގެ ވިސްނުން ހުންނަވަނީ ފައިސާ ކޮންޓްރޯލް ކުރުމަށް ކަމަށާއި ޕާޓީގެ ތެރޭގައި މަސްލަހަތު ގެއްލުނު ހިސާބަކީ އެއީ ކަމަށް ނިހާން ވިދާޅުވި އެވެ. އަދި އެ މައްސަލައިގެ ބައެއް އޭގެ ފަހަށް ވެސް ހިޖުރަ ކުރެއްވި ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

"އެއީ ރިފޯމް ކަމަށް ވިދާޅުވެ ހަރަކާތްތަކެއް ވެސް ފެއްޓެވި، އަޅުގަނޑު ތެދަށް ދަންނަވާ ކަަމަށްވާނަމަ ގިނަ ބޭފުޅުންގެ ވިސްނުން ހުރީ ރީފޯމްއަކަށް ނޫން، ގިނަ ބޭފުޅުންގެ ވިސްނުން ހުރީ ކެމްޕެއިންއަކީ ފައިސާ އެކުލެވޭ ކަމަކަށް ވާތީ މީގަ ފައިސާ ލިބޭ ބައި ކޮންޓްރޯލް ކުރާނީ ކޮން ބައެއްތޯ ވިސްނުން، މިއީ ވަރަށް ސާފުކޮށް އަޅުގަނޑު ދަންނަވާ ވާހަކައެއް،" ނިހާން ވިދާޅުވި އެވެ. "2013 ގައި ރައީސް ޔާމީންއަށް ޕާޓީގެ ޓިކެޓު ލިބުނު ހިސާބުން ފެށިގެން އެ ޕްރައިމެރީގެ ޓިކެޓަށްޓަކައި ރައީސް ޔާމީންއާ ބައިއަތު ހިފި ބަޔަކާއި ނުހިފާ ބަޔަކާއި އޭގެ ފަހުން ކަންވަގެން ދިޔަ ގޮތާއި ކެމްޕެއިން މެނޭޖު ކުރާނީ ކޮން ބައެއްތޯ އާއި ކެމްޕެއިންގެ ފަންޑު މެނޭޖު ކުރާނީ ކޮންބައެއްތޯ އެކަންކަމުގަ ޖެހުނު މައްސަލަ މާ ބޮޑު އޭގެ ފަހަށް ވެސް އޭގެ ބައެއް ހިޖުރަކޮށްގެން ދިޔަ،"

ނިހާން ވިދާޅުވީ ޕާޓީގެ ތެރޭގައި އެފަދަ މައްސަލަތަކާ ހެދި ކެމްޕެއިންގެ ގިނަ މަސައްކަތްތަކެއް ވަކި އޮފީހެއް ހުޅުވައިގެން ކުރިޔަށް ގެންދިޔުމަށް ރައީސް ޔާމީންގެ އަނބިކަނބަލުން ފަސްޓްލޭޑީ ފާތުމަތު އިބްރާހިމްއާ ހަވާލު ކުރައްވައިގެން ކުރިޔަށް ގެންދެވި ކަމަށެވެ. އެއީ އެކަމަނާގެ އިހުލާސްތެރިކަމާ މެދު ސައްތައިން ސައްތަ ޔަގީންކަން އޮތުމުން ކަމަށާއި 2013 ވަނަ އަހަރުގައި ވެސް އެކަން ސާބިތުކޮށްދީފައިވާތީ ކަމަށް ނިހާން ވިދާޅުވި އެވެ.

"ކެމްޕެއިން މެންބަރުންގެ ލިސްޓު ހޯއްދެވުމާއި ކެމްޕެއިންއަށް ފައިސާ ހޯދުމުގެ މަސައްތަކާއި މިކަހަލަ ހުރިހާ ކަމެއްގައި ވެސް އެމަނިކުފާނަށް ދަތިވީމަ އެމަނިކުފާނު އަމިއްލަ ގޮތުން އެ މަސައްކަތްޕުޅު ކުރިޔަށް ގެންދިޔުމުގެ އެންމެ ހާއްސަ ބައިވެރިއެއްގެ ގޮތުން މަސައްކަތް ކުރެއްވީ އަނބިކަނބަލުން،" ނިހާން ވިދާޅުވި އެވެ. "މެޑަމްގެ އެ މަސައްކަތަކީ ޓެސްޓު ނަަތީޖާ ނެރެދީފައި އޮތް މަސައްކަތަކަށް ވާތީ ރައީސް ޔާމީންގެ އިތުބާރު މުޅި ޕާޓީގެ މަސައްތައް ވުރެ އިދާރީ ޕާޓީގެ މަސައްތަކަށް ވުރެ އިތުބާރު ބޮޑު ގޮތެއްގައި މެޑަމް ފާތުން އެކޮށްދެއްވި މަސައްކަތައް ގަބޫލު ކުރެއްވުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ،"

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ނާކާމިޔާބުވީ ކެމްޕެއިން އޮފީހުން ކުރެއްވި މަސަައްކަތް ގޯސްވެގެން ނޫން ކަމަށް ނިހާން ވިދާޅުވި އެވެ. އަދި ކެމްޕެއިން ކުރަން އެކަށީގެންވާ ފުރުސަތު ވެސް ނުލިބެއޭ ވިދާޅުވެވެން ނެތް ކަމަށް ނިހާން ވިދާޅުވި އެވެ.

ޕީޕީއެމްގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި ރައީސް ޔާމީން ދެމެދު ޖެހުނު މައްސަލަ ނިހާން ސިފަ ކުރެއްވީ "އެއް އުރައެއްގައި ދެ ކަނޑިއަކަށް ނޯވެވުމެވެ." ވެރިއަކަށް ހުންނަވާ ބޭފުޅަކު ވެރިކަން ކުރައްވަން ޖެހޭ ގޮތް ޕާޓީގެ ރައީސް ކިޔާ ދެއްވަން ޖެހޭ ކަމަށްވާނަމަ އެކަމެއް ނުވާނެ ކަމަށް ނިހާން ވިދާޅުވި އެވެ.