overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ހަނު މިހުރީ ގައުމީ ސުލްހައަށް ޖާގަ ދިނުމަށް: ޝަހީމް

ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާއަށްފަހު ހިމޭންވީ ގައުމުގެ ސުލްހައަށް ޖާގަ ދިނުމަށް ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓްކަން ކުރެއްވި، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގައި ލިބިވަޑައިގެން ނާކާމިޔާބީއާއެކު ޑރ. ޝަހީމް ވަނީ ސިޔާސީ ވާހަކަ ދެއްކެވުން ހުއްޓާލައްވައި އޭނާ ފުރުއްވަމުން ގެންދެވި އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާގެ މަސްއޫލިއްޔަތުތައް އަދާ ކުރެއްވުމުގައި އަވަދިނެތި އުޅުއްވަން ފައްޓަވާފަ އެވެ.

އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ބުނެ، ޕީޕީއެމް ސުޕްރީމް ކޯޓަށް ދިޔުމާއި އެ މައްސަލަ ޕީޕީއެމްއަށް ނާކާމިޔާބުވުމުން ވެސް ޑރ. ޝަހީމް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. ޕީޕީއެމްއިން ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި ވެސް ޑރ. ޝަހީމްގެ އެއްވެސް ރޯލެއް ނެތެވެ.

މިއަދު ޑރ. ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންތިހާބަށްފަހު ހަމަހިމޭންކަން ހިޔާރުކުރީ ގައުމީ ސުލްހައަށް ޖާގަ ދިނުމަށް ކަމަށެވެ. އެއްގޮތަކަށް ވެސް މައިދާނާ ދުރަށް ދިޔައީ ނޫން ކަމަށެވެ.

"މާތްﷲ އިރާދަކުރެއްވިއްޔާ މި މަހުގެ މެދެއްހާ ތަނުގައި އިސްލާމީ ދައުވަތާއި ސިޔާސީ މަސައްކަތަށް އަޅުގަނޑު ހުސްވާނަން، އިންޝާﷲ އަޅުގަނޑުގެ އަޒުމެއް ނުގުޑާނެ،" ޑރ. ޝަހީމް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ޑރ. ޝަހީމަކީ އެންމެ އަޑުގަދަ އެއް ޝަހުސިއްޔަތެވެ. އޭނާ ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވަޑައިގެން ރައީސް ޔާމީންގެ ސަރުކާރު ދިފާއު ކުރައްވައި ކެމްޕެއިން ކުރައްވާފަ އެވެ.