ވިޔަފާރި

އެސްއީޒެޑްގައި ބޭންކިން ހިދުމަތް ފަށަން 60 މިލިއަން ރުފިޔާ ބަހައްޓަންޖެހޭ

Jun 15, 2015

މި ގަވައިދުގައިވާ ގޮތުން މި ހިދުމަތް ދިނުމަށް ހުށަހަޅާ ފަރާތަކުން އެސްއީޒެޑް ގާނޫނުގައި ވާ ގޮތުގެ މަތިން މި ވިޔަފާރިކުރުމަށް ލައިސަންސަށް އެދި ހުށަހަޅާނީ އޮތޯރިޓީން އެކަމަށް ކަނޑައަޅާ ގޮތެއްގެ މަތިން ބޯޑު އޮފް އިންވެސްޓްމަންޓަށެވެ.

މި ގަވާއިދުގެ ދަށުން އޯފްޝޯ ބޭންކިން ވިޔަފާރިކުރުމަށް ލައިސަންސް ދޫކުރެވޭނީ، ރާއްޖޭގައި ނުވަތަ އެހެން ގައުމެއްގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކަށެވެ.

"... ބޭރުގެ ބޭންކަކަށް އޯފްޝޯ ބޭންކިން ވިޔަފާރިކުރުމުގެ ލައިސަންސް ދެވޭނީ، އެ ބޭންކަކީ، އެ ބޭންކެއްގެ މައި އޮފީސް ހުންނަ ގައުމުގެ ބޭންކުތައް ސުޕަވައިޒްކުރާ އިދާރާގެ ފަރާތުން އެ ބޭންކެއްގެ ހުރިހާ ބްރާންޗް ތަކާއި އޮފީސްތައް ހިމެނޭގޮތަށް މުޅި ބޭންކު އެއްކޮށް، އޮތޯރިޓީއަށް ގަބޫލުކުރެވޭ ފެންވަރަކަށް، ސުޕަވައިޒްކުރާ ބޭންކަކަށް ވާނަމަ އެވެ،" މި ގަވާއިދުގައިވެ އެވެ.

އެސްއީޒެޑް ބޭންކިންގެ ހިދުމަތް ދިނުމުގެ ގަވާއިދުގައިވާ ގޮތުން ކޮންމެ އޯފްޝޯ ބޭންކަކުން ވެސް، އޮތޯރިޓީން ކަނޑައަޅައި އަންގާ ކެޕިޓަލް އެޑްކުއެސީ ރޭޝިއޯތަކަށް ވުރެ މަދުނޫން އަދަދަކަށް ކެޕިޓަލް، އޮތޯރިޓީގެ ހުއްދަ ހޯދާފައިވާ ހާލަތްތައް ފިޔަވައި ހުރިހާ ވަގުތަކު ވެސް، ބަހައްޓަން ޖެހެ އެވެ.