overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ވޯޓު ކަރުދާސްތައް ނައްތާލައިފި

ނިމިގެން މިދިޔަ ރިޔާސީ އިންތިހާބުގައި ބޭނުން ކުރި ވޯޓު ކަރުދާސްތައް ނައްތާލައިފި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިހާބުގައި ވޯޓުލުމަށް ބޭނުން ކުރި ވޯޓު ކަރުދާސް މިއަދު ނައްތާލަން ޝްރެޑުކޮށްފައިވާ ކަމަށެވެ. އަދި މިއަދު ނޫނީ މާދަމާގެ ވަގުތެއްގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ އެހީއާއެކު ކަރުދާސްތައް އަންދާލާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ހަގީގަތުގައި މިހާ ގިނަ ދުވަސްވަންދެއް އަޅުގަނޑުމެން ވޯޓު ކަރުދާސް ރައްކާތެރިކަމާއެކީ ބެހެއްޓީ އެނގިވަޑައިގަންނަވާނެ ފަދައިން މި އިންތިހާބާ ބެހޭ ގޮތުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅި އަދި އެ މައްސަލަ ނިމި އަދި އޭގެ ފަހުން ވެސް ގާތްގަނޑަކަށް އާންމު ގޮތެއްގައި ގާނޫނީ ގޮތުން ބަހައްޓަން ޖެހޭ މުއްދަތު ފާއިތުވެ މިހާރު އެތަށް ދުވަހެއް ހިނގައްޖެ،" ޝަރީފް ވިދާޅުވި އެވެ. "ވޯޓު ކަރުދާހާއި އެއާ ގުޅުން ހުރި އެހެން އެއްޗެހި ވާނީ ޝްރެޑުކޮށް ނައްތާލެވިފައި،"

ޝަރީފް ވިދާޅުވީ ވޯޓު ކަރުދާސްތައް ނައްތާލި ނަމަވެސް އިންތިހާބާ ގުޅޭ ގޮތުން ހުންނަ ލިޔެކިޔުންތައް ނައްތާ ނުލާ ކަމަށެވެ. އިންތިހާބުގެ ރިޕޯޓާއި ވޯޓުން ދިން މީހުންގެ ރަޖިސްޓްރީ އާއި އެފަދަ އެހެން ލިޔުންތައް ކަނޑައެޅިފައިވާ މުއްދަތައް ބަލަހައްޓަމުން ގެންދާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.