overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ކަރުދާސްތައް ދައްކައިފި، ފާހަގައެއް ނުވެއްޓުނު!

ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީންއަށް ނާކާމިޔާބު ވެވަޑައިގަތް ސަބަބަކަށް ޕީޕީއެމްއަށް ފެނުނީ، ވޯޓު ކަރުދާހުގައި އެ ޕާޓީއަށް ތާއީދު ކުރާ މީހުން ޖެހި ފާހަގަ އަނެއް ގޮޅިއަށް "ކައްސާލައިގެން ވެއްޓުމެވެ". ވޯޓު ކަރުދާހުގައި ކެމިކަލްއެއް ބޭނުންކޮށްފައި ހުރުމުން ބައެއް ފާހަގަ ގެއްލުމާއި އަނެއްބައި ފާހަގަތައް ދެވަނަ ނަމްބަރު ގޮޅިއަށް ބަދަލުވާ މައްސަލަތަކެވެ. އެކަމުގެ "ސީރިޔަސް" ކަމުން އެންމެ މަތީ ކޯޓާ ހަމަޔަށް ވެސް ދިޔަ އެވެ. ނަމަވެސް އެ މަރުހަލާ ނިމި ވޯޓު ކަރުދާހާ ގުޅިގެން ޕީޕީއެމް އިން ދެއްކި ވާހަކަތައް ވަނީ ނިމުމަކަށް އައިސްފަ އެވެ.

ނަމަވެސް އިލެކްޝަންސް ކޮމިޝަން އިން މިއަދު ވަނީ ބާކީ ހުރި ބައެއް ވޯޓު ކަރުދާސްތައް މީޑިއާތަކުގެ ކުރިމައްޗައް ގެނެސް ދައްކާލައިފަ އެވެ. އެއީ އެ ކޮމިޝަނަށް ޕީޕީއެމް އިން ކުރަމުން އައި ތުހުމަތުތަކަށް ރައްދު ދީ، "ފާހަގަ ނުވެއްޓޭކަން" ސާބިތުކޮށްދިނުމަށެވެ.

އީސީ އިން ވޯޓު ކަރުދާސްތައް ދައްކާލުމަށް ފަހު އެ ކޮމިޝަންގެ އޮފިޝަލުން ދިޔައީ ސެކިއުރިޓީ ފީޗާސްތައް ދައްކާ މީޑިއާތަކަށް ކިޔާ ދެމުންނެވެ. އަދި ވޯޓު ކަރުދާހުގައި ފާހަގަ ޖަހަން ފުރުސަތު ދިނުމުން ގަލަން ފުރަތަމަ ވޯޓު ކަރުދާހުގައި އެއް ނަމްބަރުގައި ފާހަގަ ޖަހާލީމެވެ. އަދި ދެވަނަ ވޯޓު ކަރުދާހުގައި ދެވަނަ ނަމްބަރު ގޮޅީގައި ފާހަގަ ޖަހާލީމެވެ.

ފާހަގަ ވެއްޓޭތޯ ނުވަތަ އެއްވެސް ބަދަލެއް އާދޭތޯ 20 އަކަށް މިނެޓު ބަލަން ތިބީމެވެ. އެއީ ޔޫވީ ލައިޓުން ސެކިއުރިޓީ ފީޗާސްތައް ދައްކާ ނިމެންދެކަށެވެ. ނަމަވެސް އެ ހުރިހާ ވަގުތު ވެސް ނޫސްވެރިން ވޯޓު ކަރުދާހަށް ބަލަން ތިބި އިރު ފާހަގަ ގުޑާ ވެސް ނުލަ އެވެ. ފާހަގަ ފޭދިގެނެއް ވެސް ނުދެ އެވެ.