overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ވޯޓް ކަރުދާހާ ގުޅޭ މައްސަލައެއް ބަލާކަން އަންގާފައެއް ނުވޭ: ޝަރީފް

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ބޭނުންކުރި ވޯޓް ކަރުދާސްތައް ނައްްތާލާފައިވަނީ ގާނޫނުގައި އަންގާފައިވާ ގޮތަށް ކަމަށާއި އެކަމާ ގުޅޭ މައްސަލައެއް ބަލަަމުންދާ ކަމެއް ފުލުހުންގެ ފަރާތުން އަންގާފައިނުވާ ކަމަށް އިލެކްޝަން ކޮމިޝަން، އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝަރީފާއި އީސީގެ މެންބަރު އަހުމަދު އަކްރަމް މިއަދު ވަނީ ރިޔާސީ އިންތިހާބުގެ ކަރުދާސްތައް ނައްތާލާފައިވާތީ އެކަމާ ބެހޭ މައުލޫމާތު ސާފު ކުރުމަށް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފަ އެވެ.

ޝަރީފް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވޯޓް ކަރުދާސް ނައްތާލާފައިވަނީ ގާނޫނުން ވޯޓް ކަރުދާސް ބެހެއްޓުން ލާޒިމްކުރާ މުއްދަތު ހަމަވެ ހަތް ދުވަސް ފަހުން ކަމަށެވެ. ވޯޓް ކަރުދާހާ ގުޅޭ މައްސަލައެއް ކޯޓަށް ހުށަހަޅާފައިވާ ކަމެއް ނުވަތަ ފުލުހުން އެކަމާ ގުޅުންހުރި ކަމެއް ތަހުގީގު ކުރަމުންދާ ކަމެއް އީސީއަށް އެނގިފައި އަދި އަންގާފައި ވެސް ނުވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަރީފް ވިދާޅުވެފައިވަނީ، އިންތިހާބުގައި ވޯޓުލުމަށް ބޭނުން ކުރި ވޯޓު ކަރުދާސް މިއަދު ނައްތާލަން ޝްރެޑުކޮށްފައިވާ ކަމަށެވެ. އަދި މިއަދު ނޫނީ މާދަމާގެ ވަގުތެއްގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ އެހީއާއެކު ކަރުދާސްތައް އަންދާލާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ހަގީގަތުގައި މިހާ ގިނަ ދުވަސްވަންދެއް އަޅުގަނޑުމެން ވޯޓު ކަރުދާސް ރައްކާތެރިކަމާއެކީ ބެހެއްޓީ އެނގިވަޑައިގަންނަވާނެ ފަދައިން މި އިންތިހާބާ ބެހޭ ގޮތުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅި އަދި އެ މައްސަލަ ނިމި އަދި އޭގެ ފަހުން ވެސް ގާތްގަނޑަކަށް އާންމު ގޮތެއްގައި ގާނޫނީ ގޮތުން ބަހައްޓަން ޖެހޭ މުއްދަތު ފާއިތުވެ މިހާރު އެތަށް ދުވަހެއް ހިނގައްޖެ،" ޝަރީފް ވިދާޅުވި އެވެ. "ވޯޓު ކަރުދާހާއި އެއާ ގުޅުން ހުރި އެހެން އެއްޗެހި ވާނީ ޝްރެޑުކޮށް ނައްތާލެވިފައި،" ޝަރީފް ވިދާޅުވި އެވެ.

އިންތިހާބު އޮޅުވާލަން އިލެކްޝަން ކޮމިޝަނުން އަމަލުތަކެއް ހިނގާފައިވާ ކަމަށް ޕީޕީއެމްއިިން ތުހުމަތުކުރެ އެވެ. އެގޮތުން އަނގޮޓިއަކާއި ކެމިކަލްހުރި ވޯޓު ކަރުދާސް ބޭނުންކުރި ކަމުގެ ތުހުމަތު ކުރެ އެވެ. އެ މައްސަލަތަކާއެކު ސުޕްރީމް ކޯޓަށް އިންތިހާބު ބާތިލްކުރަން ވެސް ޕީޕީއެމްއިން ހުށަހެޅި އެވެ.

ނަމަވެސް ސުޕްރީމް ކޯޓުން ނިންމީ މުޅި އިންތިހާބު ބާތިލްކުރަން ޖެހޭ ކަމެއް ނެތް ކަމަށެވެ. އެކަމަކު ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭނަމަ އެކަމަށް ހުރަހެއް ނެތް ކަމަށް ހުކުމްގައިވެ އެވެ. އެހެންވެ ޕީޕީއެމްއިން ވަނީ އެ ތުހުމަތުތައް ތަހުގީގުކޮށްދިނުމަށް އެދި ފުލުހަށް ހުށަހަޅާނެ ކަމަށް ބުނެފަ އެވެ.