ހަބަރު

ރާއްޖެއިން ގިނަ އަދަދެއްގެ ފައިސާ ބޭރުކުރަން އުޅުނު ބަޔަކު އަތުލައިގެންފި

Nov 7, 2018
2

ކަސްޓަމްސް އަށް ރިޕޯޓްނުކޮށް ރާއްޖެއިން ބޭރު ކުރަން އުޅުނު ގިނަ އަދަދެއްގެ ފައިސާ ކަސްޓަމްސްއިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ، މިދިޔަ އާދިއްތަ ދުވަހުގެ ރޭ 6:30 ގައި ސިންގަޕޫރަށް ފުރުމަށް ހަމަޖެހިފައިވާ އިންޑިއާގެ ތިން ރައްޔިތަކު ކަސްޓަމްސް އަށް ރިޕޯޓް ނުކޮށް ގިނަ އަދަދެއްގެ ފައިސާ ރާއްޖެއިން ބޭރަށް ގެންދަން އުޅޭކަމުގެ މައުލޫމާތު ކަސްޓަމްސްއަށް ލިބުމާއި ގުޅިގެން އެމީހުންނާއި ސުވާލުކޮށް ޗެކްކުރިއިރު އެމީހުންގެ އަތުން ތަފާތު ގައުމުތަކުގެ ގިނަ
އަދަަދެއްގެ ފައިސާ ފެނިފައިވާ ކަމަށެވެ.

ކަސްޓަމްސް އިން ބުނީ، ރާއްޖެއަށް އެތެރެކުރާ ނުވަތަ ބޭރުކުރާ ނަގުދު ފައިސާގެ ބޭރުކުރުމުގެ ގަވާއިދުގެ ދަށުން އެފައިސާތައް ހިފަހައްޓައި އެކަން އިތުރަށް ތަހުގީގް ކުރުމަށްޓަކައި އެމައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތަކާއި އެމީހުންގެ އަތުން ފެނުނު ފައިސާތައް ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެމައްސަލަ މިހާރު އަންނަނީ ތަހުގީގް ކުރަމުން ކަމަށެވެ.

ކަސްޓަމްސްއިން ވަނީ ރާއްޖެ އެތެރެކުރާ ނުވަތަ ބޭރުކުރާ ފައިސާ ބޭރުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެންމެހާ ފަރާތްތަކުން ކަސްޓަމްސްއަށް ރިޕޯޓް ހުށަހަޅަމުން ގެންދިއުމަށް އިލްތިމާސް ކޮށްފައި ވެއެވެ.