ހަބަރު

ފިޔާ، އަލުވީގެ އަގު އެސްޓީއޯއިން ވަރަށް ބޮޑަށް ހެޔޮކޮށްލައިފި

Jun 16, 2015

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯ އިން ރޯދަ މަހާ ދިމާކޮށް ގެނައި ފިޔާ އަދި އަލުވީގެ އަގު އެ ކުންފުނިން ވަރަށް ބޮޑަށް ހެޔޮކޮށްފި އެވެ.

ނަމަވެސް ބިސް ވިއްކާ އަގަށް އެ ކުންފުނިން ބަދަލު ގެނެސްފައެއް ނުވެ އެވެ. ބިސް ކޭހެއް ވިއްކަނީ 

އެ ކުންފުނިން ބުނީ މިތަކެތީގެ އަގަށް ބަދަލު ގެނައީ، ރޯދަ މަހާ ދިމާކޮށް އެ ކުންފުނިން ރަނގަޅު ސްޓޮކެއް ގެނެސްފައި ވާތީ، ވީހާ ވެސް އަގުހެޔޮކޮށް އާންމުންނަށް ތަކެތި ލިބޭނެ ގޮތް ހެދުމަށް ކަމަށެވެ. އެ ބާވަތްތަކަށް އޮންނަ ޑިމާންޑް ބޮޑުވެ، ކޮންމެ އަހަރަކު ވެސް ރޯދަ މަހު އެ ބާވަތްތަކުގެ އަގު ބޮޑުވެ އެވެ.

އެސްޓީއޯ އިން މިހާރު ވަނީ އެ ބާވަތްތަކުގެ ކޮންޓްރޯލް ވެސް ދޫކޮށްލައި، އާންމުންނަށް ވެސް ފިޔާ ބިސް އަދި އަލުވީ ހޯލްސޭލްކޮށް ލިބޭނެ ގޮތް ހަމަޖައްސައިފަ އެވެ. އެ ކުންފުނިން ބުނީ ރޯދަ މަހަށް އެކަށީގެންވާ ވަރަށް ސްޓޮކްލިބޭނެ ގޮތް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އަދި ބާޒާރުގެ އަގުތައް އުފުލުނަ ނުދިނުމަށް ހުސްނުވެ އެ ބާވަތްތައް ލިބޭނެ ގޮތް ހަމަޖައްސާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.