ހަބަރު

ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ މަލްޓިޕާޕަސް ސެންޓަރުގެ މަސައްކަތް މިއަހަރު ފަށަނީ

Jun 16, 2015

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހުނަރުތައް ދަސްކޮށްދޭ މަލްޓިޕާޕަސް ސެންޓަރެއްގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.

އިމާދުއްދީން ސްކޫލްގައި ކިޔަވާ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުން ފުރިހަމަކުރި ދެ ކޯހެއްގެ ނަޠީޖާ ފާޅުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އަނިލް ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހަމަހަމަ ފުރުސަތު އޮންނަންޖެހޭ ކަމަށާއި އެކަމަށް އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި އެފަދަ ކުދިންނަށް ހާއްސަ އަޅާ މަލްޓިޕާޕަސް އިމާރާތެއް އެޅުމުން އެކުދިންނަށް ވަރަށް ބޮޑު އެހީތެރި ކަމަކަށްވާނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ބާކީ ނުކުރުންކަން ކަމަށާއި ހުރިހާ ސްކޫލެއްގައި ވެސް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަ ޓީޗަރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.