ހަބަރު

މާލޭގެ ގެއްގައި ހަށިވިއްކަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި

Jun 16, 2015

މާލޭގެ ގެއެއްގައި ހަށިވިއްކުމުގެ އަމަލު ހިންގައި ވިޔަފާރި ކުރަމުންދިޔަ ބަޔަކު އެ އަމަލު ހިންގަމުންދަނިކޮށް އަތުލައިގަނެ އެ ގޭގެ ތެރެއިން ހަތަރު މީހަކު ހައްޔަރު ކޮށްފިއެވެ. ފުލުހުން ވަދެފައި ވަނީ މއ. ޒީފިޔާޒް އަށެވެ،

ފުލުހުންބުނީ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ރޭ 20:00 ހާއިރު ފުލުހުން ޒީފިޔާޒް އަށް ވަންއިރު އެގޭގައި ހަށިވިއްކުމުގެ ޢަމަލު ހިންގައި ވިޔަފާރިކުރިޔަށް ދިޔަ ކަމަށާއި އެވަގުތު އެގޭގައި ހަށވިއްކުމުގެ އަމަލު ހިންގަމުންދިޔަ މީހުންނާއި އެގޭގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަންތިބި މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. 

އަދި ބުނީ ހައްޔަރު ކުރީ ބަންގުލަދޭޝްގެ އަންހެނަކާއި ބަންގުލަދޭޝްގެ ތިން ފިރިހެނުން ކަމަށެވެ. 

ޒީފިޔާޒްގައި ހަށި ވިއްކުމުގެ މަސައްކަތް ކުރަމުންދިޔަ ބަޔަކު އަތުލައިގަތުމަށްފަހު އެގޭގެ ކޮޓަރިއެއް ފުލުހުން ބަލައި ފާސްކުރި އިރު ކޮޓަރިތެރެއިން ދިވެހި ފައިސާ އާއި ބޭރު ފައިސާ އާއި ޖިންސީ ގުޅުން ހިންގުމަށް ބޭނުންކުރާ ބައެއް ތަކެތިވެސް ވަނީ ފެނިފަ އެވެ.