ހަބަރު

އައްޑޫގެ މާރާމާރީގައި ޒަހަމްވި މީހާ މަރުވެއްޖެ

Jun 16, 2015

ރޭގެ ވަގުތެއްގައި ސ. ހިތަދޫގައި ހިންގި މާރާމާރީގައި ޒަހަމްކޮށްލި ޒުވާނާއަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ. މަރުވީ ހިތަދޫ، އަތީނާ، ހުސައިން ޝިޔާރު 19، އެވެ.

އޭނާ މަރުވީ މިއަދު ހެނދުނު ހިތަދޫ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް ހެނދުނު 10:30 އެހާކަންހާއިރުއެވެ. 

ހިތަދޫޣައި ހިންގި މާރާމާރީއަްފަހު އޭނާއަށް ފަރުވާ ދޭން ފެށީ ބޮލަށާއި ހަށިގަނޑުގެ އެކިތަންތަނަށް ދިން ހަމަލަތާތަކުގައި ވަރަށް ބޮޑަށް ޒަހަމްވެގެނެވެ. 

ރޭ ޝިޔާރަށް ހަމަލާ ދިނީ މޫނު ނިވާކޮށްގެން ތިބި ބައެކެވެ. އޭނާ މަރުވި އިރު ފުލުހުން ބުނީ މި މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ހޯދަމުންނެވެ.