ހަބަރު

ސުޕަ ސްޕެޝަލިސްޓުން 1280 މީހުން ބަލައި 67 މީހަކު ބޭރުގައި ފޮނުވަން ލަފާދީފި

Jun 16, 2015

ސުޕަ ސްޕެޝަލިސްޓް ޕްރޮގްރާމްގެ ތިންވަނަ ބުރުގައި 1280 ބަލައި ފަރުވާ ދިނުމަށްފަހު 67 މީހަކު ރާއްޖެއިން ބޭރުގައި ފަރުވާ ދިނުމަށް ލަފާ ދީފި އެވެ.

އާސަންދައިން ބުނީ ބޭރަށް ފޮނުވަން ލަފާ އެރުވި މީހުން ބޭރަށް ފޮނުވަން ނިންމާނީ އާސަންދައިގެ ދަށުން ހަމަޖައްސާފައި އޮންނަ އުސޫލގެ ދަށުން އިތުރަށް ބެލުމަށްފަހުގައި ކަމަށެވެ.

މި ފަހަރުގެ ޕްރޮގްރާމްގައި ރާއްޖޭގެ ހަތް މަރުކަޒެއްގައި ސުޕް ސްޕެޝަލިސްޓުން ހަރަކާތްތެރިވެ ބަލި މީހުންނަށޤ ފަރުވާ ދިނެވެ. މިފަހަރުގެ ޓީމުގައި އަށް ދާއިރާ އަކުން 16 ސްޕެޝަލިސްޓުން ބަލި މީހުން ބައްލަވާ ފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ނިއުރޮލޮޖިސްޓުންނައި ކާޑިއޯލޮޖިސްޓުންނާއި ހެމޮޓޮލޮޖިސްޓުންނާއި  އީ.އެން.ޓީ އާއި ގެސްޓްރޯ އެންޓްރޮލޮޖިސްޓުންނާއި އޯތޯޕީޑިޝަނުންނާއި ފިޒީޝަނުންނާއި އޮޕްތޮލޮމޮލޮޖިސްޓުންނެވެ.

މިފަހަރު ޓީމުތައް މަސައްކަތް ކޮށްފައިވަނީ ހއ. ދިއްދޫ ރީޖަނަލް ހޮސްޕިޓަލްގަ އާއި  

ޅ.އަތޮޅު ހޮސްޕިޓަލްގަ އާއި އދ.އަތޮޅު ހޮސްޕިޓަލްގަ އާއި ޏ.އަތޮޅު ހޮސްޕިޓަލްގަ އާއި ހުޅުމާލެ ހޮސްޕިޓަލްގަ އާއި މޯލްޑިވްސް ބްލަޑް ސާވިސް  ދަމަނަވެށީގަ އެވެ.