ހަބަރު

އެލްޖީއޭގެ މެމްބަރު ކަމަށް ކުރިމަތިލި 17 މީހުންގެ ނަން ކޮމެޓީއަށް ފޮނުވައިފި

Jun 16, 2015

އެލްޖީއޭއިން މެމްބަރު ކަމުގެ މަގާމަށް ހުޅުވައިލުމުން އެކަމަށް އެދި 17 މީހަކު ކުރިމަތިލައިފި އެވެ.

އިއުލާން ކޮށްފައި ވަނީ އެލްޖީއޭގެ ބޯޑްގައި އާންމުންގެ ފަރާތުން ތަމްސީލު ކުރާ މެންބަރަކު ހޮވުމަށެވެ.

އެލްޖީއޭ ބޯޑަށް ކުރިމަތިލެއްވި 17 މީހުންގެ ނަން މިއަދު ވަނީ މަޖިލީހުގެ ޖަލްސާގައި އިއްވައި އެ ނަންތައް ދިރާސާ ކުރުމަށް ގައުމީ ސަލާމަތު ކޮމިޓީއަށް ފޮނުވާފަ އެވެ.

ބޯޑްގައި އާންމުން ތަމްސީލް ކުރާ މެންބަރަކު ހޮވަނީ ކުރިން ހުންނެވީ ސުޖާއު ހުސައިންގެ އެ މަގާމުން ވަކިކުރުމާ ގުޅިގެނެވެ.