ހަބަރު

600 އަކަ ފޫޓަށްވުރެ ކުދި ގޯތިތައް ރަޖިސްޓްރީ ކުރެވޭ އިސްލާހު ބަލައިގެންފި

Jun 16, 2015

ހަ ސަތޭކަ އަކަފޫޓަށް ވުރެ ކުދި ގޯތިތައް ވެސް ރަޖިސްޓްރީ ކުރެވޭ ގޮތަށް ބިމާބެހޭ ގާނޫނަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގަނެ ގައުމީ ތަރައްގީއާ ބެހޭ ކޮމެޓީއަށް ފޮނުވައިފި އެވެ. 

ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ހުށަހެޅުއްވެވި ބިލު މަޖިލީހަށް ބަލައި ގަތީ ވޯޓްގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުންގެ އިއްތިފާގުންނެވެ.