ހަބަރު

މޫސުމީ ބަދަލުތަކުގައި ކުދި ގައުމުތަކަށް ލިބޭ ގެއްލުން ފޫބައްދަން އެހީވާން ގޮވާލައިިފި

Jun 16, 2015

މޫސުމީ ބަދަލުތަކާ ގުޅިގެން ކުދި ޖަޒީރާ ގައުމުތަކަށް ލިބޭ ގެއްލުންތައް ފޫބެއްދުމުގައި ބޮޑެތި ގައުމު މާލީގޮތުން އެހީވާން އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް) އިން ތަރައްގީވެފައިވާ ގައުމުތަކަށް ގޮވާލައިފި އެވެ.

އެއޯސިސްގެ މި ދައުރުގެ ޗެއާ އަކީ ރާއްޖެ އެވެ. ޖަރުމަނުގައި ބޭއްވ އެއޯސިސްގެ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހިމް މިއަދު ވިދާޅުވީ، އެ ބައްދަލުވުމުގައި ގިނަ ކަންތައްތަކަކަށް ގޮވާލިއިރު މައިގަނޑު ގޮތެއްގައި ގޮވާލީ ބޮޑެތި ގައުމުތަކުން ކުދި ޖަޒީރާ ގައުމުތަކަށް މާލީ އެހީ ދިނުމަށް ކަމަށެވެ.

މަދުވެގެން 100 ބިލިއަން ޑޮލަރު ފައިނޭންސް ފަންޑަށް އެހީގެގޮތުގައި ފޯރުކޮށްދިނުމަށް ރާއްޖެއިން ގޮވާލި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.