ހަބަރު

ރޯދަ ދުވަހަކީ އަންނަ ބުރާސްފަތި ދުވަސް ކަމަށް ކަނޑައަޅައިފި

Jun 16, 2015

މި އަހަރުގެ މުލަ ރޯދަ ދުވަހަކީ އަންނަ ބުރާސްފަތި ދުވަސް ކަމަށް ކަނޑައަޅައިފި އެވެ. 

ރޯދަ މަހުގެ ހަނދު ސާބިތ ކުރުމުގެ ގަރާރުގައި ބުނެފައި ވަނީ ހަނދުނު ނުފެންނަ ކަމަށާއި މާދަމާއަކީ ޝައުބާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި އަންނަ ބުރާސްފަތި ދުވަހަކީ މި އަހަރުގެ މުލަ ރޯދަ ދުވަސް ކަމަށެވެ. 

ހަނދު ސާބިތު ކުރުމަށް އިލްމުވެރިން ބޭއްވި ބައްދަލުވުމަށްފަހު އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ނެރުއްވި ގަރާރުގައި މުލަ ރޯދަ ދުވަހަކީ އަންނަ ބުރާސްފަތި ކަމަށް ކަނޑައެޅި އިރު ވެސް ކަލަންޑަރުގައިވާ ގޮތުން ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އެއީ އެވެ. 

އެ ގަރާރުގައި ބުނަނީ ރާއްޖޭގައި ހަނދު ބެލުމުގެ އުސޫލަށް ބަލާއިރު މާދަމާ އަކީ ޝައުބާން މަހުގެ 30 ވަނަ ދުވަސް ކަމަށް އެ ބަޔާނުގައިވެ އެވެ. އިސްލާމިކް މިނިސްޓަރު ވަނީ ރޯދަމަހުގެ ފައިދާ ހެޔޮގޮތުގައި ލިބިގަތުމަށް އެދިވަޑައިގެންފަ އެވެ.