ދުނިޔެ

ޔޫރަޕަށް ވުރެ އޭޝިއާ މުއްސަނދި، ޗައިނާގައި އަހަރެއް ތެރޭ އެއް މިލިއަން އާ މިލިއަނަރުން!

Jun 17, 2015

ޔޫރަޕް ވައްޓާލުމަށް ފަހު ދުނިޔޭގެ ދެ ވަނަ އަށް އެންމެ މުއްސަނދި ސަރަހައްދުގެ ޝަރަފް އޭޝިއާ އިން ހޯދައިފި އެވެ. އަދި މިދިޔަ އަހަރު އެކަނި ވެސް ޗައިނާގެ އެއް މިލިއަން މީހުން މުޅިން އަލަށް މިލިއަނަރުންނަށް ވެފަ އެވެ.

ދުނިޔޭގެ މުއްސަނދިކަން ބެހިފައިވާ ގޮތާ ގުޅޭ ގޮތުން އެމެރިކާގެ ބޮސްޓަން ކޮންސަލްޓެންސީ ގްރޫޕް (ބީސީޖީ)ން ކޮންމެ އަހަރަކު ނެރޭ ރިޕޯޓެއްގެ މި އަހަރުގެ އަދަދުގައި ބުނި ގޮތުގައި ޖަޕާން ނުލައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ އަމިއްލަ މީހުންގެ އަތުގައި 47 ޓްރިލިއަން ޑޮލަރު މިދިޔަ އަހަރު ހުއްޓެވެ. އަދި 2012 އާއި 2013އާ އެއްގޮތަށް، މިދިޔަ އަހަރު ވެސް އެންމެ ބާރަށް މުއްސަނދިކަން އިތުރުވެފައި ވަނީ އޭޝިއާ ޕެސިފިކް ސަރަހައްްދުގައި ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.

"އެއާ ހިލާފަށް، 'ކުރީގެ ދުނިޔޭގެ' ހުރިހާ ހިސާބުތަކެއްގައި ވެސް މުއްސަނދިކަން ކުރިއަރާ މިންވަރު ހުރީ އެއް ޑިޖިޓުގެ އަދަދުތަކެއްގަ އެވެ. އޭގެ ތެރޭގައި ވެސް، އެންމެ ދަށްކޮށް އުޅެނީ ހުޅަނގު ޔޫރަޕާއި އުތުރު އެމެރިކާ އެވެ،" ރިޕޯޓުގައިވެ އެވެ.

އޭޝިއާގެ މުއްސަނދިކަން މިދިޔަ އަހަރު އެހާ ބޮޑަށް ކުރިއަރައި ޔޫރަޕް ވައްޓާލުމުގެ ސަބަބަކީ، ބީސީޖީން ބުނި ގޮތުގައި ޗައިނާ އާއި އިންޑިއާގައި މިލިއަނަރުން އުފެދޭ އަދަދު އިތުރުވުމެވެ. އެ ގޮތުން، ޗައިނާގެ އެއް މިލިއަން މީހުން މުޅިން އަލަށް މިދިޔަ އަހަރު މިލިއަނަރުންނަށްވެ، އެ ގައުމުގައި ތިބި މިލިއަރަނުންގެ ޖުމްލަ އަދަދު ހަތަރު މިލިއަނަށް ވަނީ އަރާފަ އެވެ.

މީގެ އިތުރުން، ބީސީޖީން ބުނީ 51 ޓްރިލިއަން ޑޮލަރާ އެކު އަދިވެސް ދުނިޔޭގެ އެންމެ މުއްސަނދި ސަރަހައްދުގެ ގޮތުގައި އޮތް އުތުރު އެމެރިކާ އަށް އެ މަގާމު އަންނަ އަހަރު ދިފާއު ނުކުރެވޭނެ ކަމަށެވެ. އޭގެ ބަދަލުގައި، އެ ޝަރަފް އަންނަ އަހަރު ހޯދާނީ، ބީސީޖީން ބުނި ގޮތުގައި، 2019 ވަނަ އަހަރު އަންނައިރު މުޅި ދުނިޔޭގެ މުއްސަނދި ކަމުގެ 34