ހަބަރު

ޝާހިދު އެންމެ ފުރަތަމަ ވެސް ބައްދަލު ކުރެއްވީ ފަލަސްތީނުގެ މިނިސްޓަރާ

Nov 18, 2018
2

އަބްދުﷲ ޝާހިދު، ފޮރިން މިނިސްޓަރު ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމާއެކު އެންމެ ފުރަތަމަ ވެސް ފަލަސްތީނު ފޮރިން މިނިސްޓަރު ޑރ. ރިއާދު މަލްކީއާ ބައްދަލު ކުރައްވައިފި އެވެ.

އެ ބައްދަލު ކުރެއްވުން އޮތީ ރޭގެ ވަގުތެއްގަ އެވެ. ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ދެ މިނިސްޓަރުންގެ ބައްދަލު ކުރެއްވުމުގައި ރާއްޖެއިން އަބަދުވެސް ފަލަސްތީނާއެކު އޮންނާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ޝާހިދު ދެއްވާފައިވާ ކަމަށެވެ.

މިނިސްޓަރު ޝާހިދު މިއަދު ވަނީ އެމެރިކާއިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު އަލައިނާ ޓެޕްލިޓްޒްއާ ވެސް ބައްދަލު ކުރައްވާފަ އެވެ. ފޮރިން މިނިސްޓަރު ވަނީ އެކަމަނާއަށް މަރުހަބާ ވިދާޅުވެ، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

އޭގެއިތުރުން ޖަޕާން ސަރުކާރުގެ ފަރާތުން ރާއްޖެ ވަޑައިގެންނެވި ވަފުދާ ވެސް މިނިސްޓަރު ޝާހިދު މިއަދު ވަނީ ބައްދަލު ކުރައްވާފަ އެވެ.