ވިޔަފާރި

އެސްޓީއޯ ސުޕަމާޓް ބޮޑުކޮށް، އަލުން ހުޅުވައިފި

Jun 17, 2015

އެސްޓީއޯ ސުޕަމާޓް ޖާގައިގެ ގޮތުން ކުރިއަށްވުރެ އެތައް ގުނައެއް ބޮޑުކޮށް އަލުން ހުޅުވައިފި އެވެ.

އެސްޓީއޯ ސުޕަމާޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސުޕަމާޓު ހުޅުއްވައިދެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު އާއި އެސްޓީއޯ ބޯޑު މެންބަރު އަބްދުލް ހާދީ އެވެ.

ސުޕަމާޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ ސީނިޔަ ޖެނެރަލް މެނޭޖަރު އައިޝަތު އާޝާން ވިދާޅުވީ ސުޕަމާޓު ބޮޑު ކުރުމަކީ އެސްޓީގެ ފަރާތުން ކަސްޓަމަރުން އެދެމުން އަންނަ ވަރަށް ބޮޑު އެދުމެއް ކަމަށާއި މިއީ އެސްޓީއޯގެ ތާރީހުގައި ބޮޑު ދުވަހެއް ކަމަށެވެ.

"ކަސްޓަމަރުން އަބަދު ވެސް އެދެމުންދޭ އެސްޓީއޯ މި ވިޔަފާރީގައި ދެމި ތިބުމަށް. ބާޒާރުގައި މުދަލުގެ އަގު ހެޔޮކުރުމަށް ކުރަމުން ގެންދާ މަސައްކަތް ކަސްޓަމަރުން ވަރަށް ބޮޑަށް ބަލައިގެންފި،" އާޝާން ވިދާޅުވި އެވެ.

އެސްޓީއޯ ސުޕަމާޓު ބޮޑުކޮށް އަލުން މިއަދު ހުޅުވާލައިވާއިރު، ކުރިން ސުޕަމާޓު ހުރި ވަރަށްބޮޑު ތިން ގުނަ ބޮޑުކޮށްފައިވެ އެވެ. ކުރިން ސުޕަމާޓުގައި 3000 އަކަފޫޓު ހުރިނަމަވެސް ބޮޑުކޮށް އަލުން ހުޅުވިއިރު 8000 އަކަފޫޓަށް ވުރެ ފިހާރަ ބޮޑު ކޮށްފައިވެ އެވެ. މީގެ އިތުރުން ފިހާރައަށް އަންނަ މީހުން ގޮވައިގެން އަންނަ ކުދިން ކުޅެލައި ހަދަން ހާއްސަ "ޕްލޭ ގްރައުންޑެއް" ވެސް ހަދާފައިވެ އެވެ.