ދުނިޔެ

އަފްގާނިސްތާނުގައި ޖާނުންފިދާވުމުގެ ހަމަލާއެއްގައި 50 މީހުން މަރުވެއްޖެ

Nov 21, 2018

ކާބުލް (ނޮވެމްބަރު 20) - އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި ދީނީ އިލްވުމުވެރިންގެ ބައްދަލުވުމަކަށް އަމާޒުކޮށް ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި، މިހާތަނަށް 50 މީހުން މަރުވެފައިވާ ކަމަށް އެގައުމުން ބުނެފި އެވެ.

ރަސޫލާގެ އީދު މީލާދީ ފާހަގަކުރުމުގެ ގޮތުން، ކާބުލް އެއާޕޯޓު ކައިރީގައި ހުންނަ ހޯލެއްގައި ބޭއްވި ހަފްލާއަށް އަމާޒުކޮށް ދިން ހަމަލާގައި އިތުރު 83 މީހުން ވަނީ ޒަހަމްވެފަ އެވެ.

ފާއިތުވި މަސްތަކުގެ ތެރޭގައި ތާލިބާނު އަދި އިސްލާމިކް ސްޓޭޓް ފަދަ ދީނީ ހަރުކަށި ޖަމާއަތްތަކުން އަފްގާނިސްތާނުގައި އެތަކެއް ހަމާލާތަކެއް ހިންގާފައިވާއިރު، އިއްޔެ ދިން ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގާފައެއްނުވެ އެވެ.

ޖާނުން ފިދާވެގެން ބޮމުގެ ހަމަލާދިން ވަގުތު، އެހަފްލާގައި 1،000 އަށް ވުރެ ގިނަ މީހުން ތިބި ކަމަށް އަފްގާނިސްތާނު ފުލުހުން ވަނީ ބުނެފަ އެވެ.