ހަބަރު

މަހުލޫފް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

Jun 17, 2015

މި މަހުގެ 12 ވަނަ ދުވަހުގެ ރޭ މަޖީދީ މަގުގައި ބޭއްވި މުޒާހަރާޔާ ގުޅިގެން ފުލުހުން ތަގުގީގުކުރާ މައްސަލައަކާާ ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

އެ މުޒާހަރާގައި އިސްކޮށް އުޅުއްވައި ލީޑް ކުރެއްވި މަހުލޫފް މިއަދު ވިދާޅުވި ގޮތުގައި އެ މުޒާހަރާއާ ގުޅިގެން އޭނާގެ މައްޗަށް ތުހުމަތުތަކެއް ހުރުމުން، ފުލުސް އޮފީހަށް ހާޒިރުވާން އެންގީ މިއަދު މެންދުރު 1:00 އަށް ކަމަށެވެ. އަދި އެ ވަގުތަށް ޕޮލިހަށް ހާޒިރުވާނެ ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.

އެ ރޭ މުޒާހަރާގައި 11:00 ގެ ފަހުން އަޑުގަދަ ކުރާ ބޭނުން ނުކުރުމަށް ފުލުހުން އެންގުމުން ވެސް މަހުލޫފް ވަނީ ކޯޑްލެސް މައިކްތަކެއް ބޭނުންކޮށްގެން އަޑުއުފުލައިފަ އެވެ. އަދި ފުލުހުން އެކަން ހުއްޓުވަން އެންގުުމުން ވެސް މަހުލޫފް ވަނީ އެކަން ހުއްޓާނުލައި އެކި ފަހަރުމަތިން ފުލުހުންނަށް ފިލައިފަ އެވެ. އެންމެ ފަހުން އެ ރޭގެ މުޒާހަރާ ހުއްޓުނީ މަހުލޫފް ހައްޔަރު ކުރުމުންނެވެ.