ހަބަރު

މަންތާ އެއާގެ ބްރޭންޑް އެމްބެސެޑަރުންނަށް މައިޝާ އާއި ކޮއްކި

Nov 22, 2018

އެތެރޭގެ އުދުހުންތަކުގެ ދަތުރު ފަށަން ތައްޔާރު ވަމުންދާ މަންތާ އެއާއިން ދެ ބްރޭންޑް އެމްބެސެޑަރުންގެ ގޮތުގައި އަލީ އައުސަން (ކޮއްކި) އާއި މަރިޔަމް މައިޝާ (މައި) ހަމަޖައްސައިފި އެވެ.

މިއުޒިކީ ދާއިރާގައި ފިޔަ ޖަހަމުންދާ މައި އާއި ކޮއްކޮއަށް މަންތާ އެއާގެ ބްރޭންޑް އެމްބެސެޑަރުކަން ހަވާލު ކޮށްދެއްވީ ދަރުބާރުގޭގައި މިރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި މަންތާ އެއާގެ މެނޭޖިން ޑިރެކްޓަރު ސަންޖޭ މަނިކު އެވެ. އާއެއާލައިންގެ ބްރޭންޑް އެމްބެސެޑަރުންގެ ގޮތުގައި ހަމަޖެއްސި މައިޝާއަކީ ނިމިގެންދިޔަ މޯލްޑިވިއަން އައިޑަލްގައި އެންމެ
ވިދާލި އެއް ތަރި އެވެ.

މި ހަފުލާގައި މަންތާ އެއާގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވީ މައި އާއި ކޮއްކިއާއެކު އެ އެއާލައިން ޕްރޮމޯޓް ކުރަން ގިނަ ހަރަކާތްތަކެއް ހިންގާނެ ކަމަށެވެ.

މަންތާ އެއާއިން ދަތުރު ފެށުމުގެ ގޮތުން ވަނީ އޭޓީއާރް 600-72 މަރުކާގެ 72 މީހުން ޖާގައިގެ ބޯޓެއްވެސް ރާއްޖެ ގެނެސްފަ އެވެ. އަދި މުވައްޒަފުން ތަމްރީންކޮށް ވެސް ވަނީ ނިންމާފަ އެވެ.