overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
އަވަސް ހުކުރު

100 ޕަސެންޓް ޔަގީން، 2023 އަށް އުމަރު ނުކުންނަވާނެ!

ނިމިގެންދިޔަ ރިޔާސީ އިންތިހާބަށް ވަރަށް ބޮޑަށް ތައްޔާރުވެވަޑައިގެންނެވުމަށްފަހު އެންމެ ފަހު ވަގުތު ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، ވާދަ ނުކުރައްވަން ނިންމެވި އެވެ. އޭނާ ކުރައްވަމުން ގެންދެވި ކެމްޕެއިންތައް ހުއްޓާލެއްވި އެވެ. އެއީ ރައީސް އަބްދުﷲ ޔާމީން ހޮވުމަށް ނޫނީ ނުހޮވުމަށް ނަގާ ފެންނަ ނުފެންނަ ވޯޓެއް ކަމަށް ވިދާޅުވެ އެކަމުގައި ވާދަ ކުރައްވަން އުމަރު ބޭނުންވެވަޑައިނުގެންނެވި އެވެ.

އެކަމަކު މިހާރު އުމަރު ވަނީ އަނެއްކާވެސް ކެމްޕެއިން ފައްޓަވާފަ އެވެ. އުމަރު ނަސީރު ސަޕޯޓަރުންނާ ގުޅުން ބޭއްވުމަށްޓަކައި ހަދާފައިވާ ވައިބާ ގުރޫޕްގެ ނަން ވަނީ ބަދަލުކޮށްފަ އެވެ. މީގެކުރިން އެ ގުރޫޕްގެ ނަމަކީ "އުމަރު 2018" އެވެ. ބަދަލުކުރީ "އުމަރު 2023"އަށެވެ. ސުވާލަކީ މިހާރުން ފެށިގެން އުމަރު އަންނަ ރިޔާސީ އިންތިހާބަށް ތައްޔާރުވާން ފެށީތޯ އެވެ؟ ނޫނީ އަންނަ ރިޔާސީ އިންތިހާބަށް އުމަރު ނުކުންނަވާނެ ހެއްޔެވެ؟

މި ސުވާލުތަކަށް އުމަރު ނަސީރު ވަނީ "އަވަސް ހުކުރު"އަށް ދެއްވި ހާއްސަ އިންޓަވިއުގައި ޖަވާބު ދެއްވާފަ އެވެ. މިއީ ރިޔާސީ އިންތިހާބަށްފަހު އުމަރު މިފަދަ ގޮތަކަށް ދެއްވި ފުރަތަމަ އިންޓަވިއު އެވެ.

"100 ޕަސެންޓް، އައި ވިލް ބީ ދެއާ އިނގޭތޯ، ރާއްޖޭގައި ރިޔާސީ އިންތިހާބެއް އަންނަ ކަމަށްވާނަމަ އަޅުގަނޑު މި ގެންގުޅޭ ސިޔާސަތު ހިފައިގެން އަޅުގަނޑު ނުކުންނާނަން، އެކަމަކު އަޅުގަނޑު ބަލާނަން އަޅުގަނޑު ހަމަ ޝޫޓް ކުރަން ޖެހޭ ވަގުތަކީ، އެ ބަލާފަ އަޅުގަނޑު ޝޫޓް ކުރާނީ، އައި އޭމް ކެމްޕެއިނިން އިނގޭތޯ، 2023 ގައި އަޅުގަނޑު ވާދަކުރަން ނިންމައިގެން މިހުރީ،" އުމަރު ވިދާޅުވި އެވެ.

"އަޅުގަނޑު ފަހަތަށް ނުޖެހޭނަން، އިރާދަކުރެއްވިއްޔާ އަޅުގަނޑު މިގެންގުޅޭ ސިޔާސަތު ދިވެހިރާއްޖެއަށް އަންނާނެ، ދިވެހިރާއްޖެ ހަމަ މަގަށް އަޅުވާނެ ލީޑަރުން އަންނާނެ، މި ގައުމުގެ މަގުމަތީގައި ފަތް ވިއްކަން މި ގައުމުގެ މަގުމަތީގައި ވަޅި ހަރަން އަބަދަކު އަޅުގަނޑުމެން ދުލެއް ނުކުރާނަން އަޅުގަނޑުމެންނެއް، ވީ ވިލް ފައިޓް ފޯ އިޓް، ގޭންގްތައް ވެސް ރޫޅާލަން، މަގުމަތީގައި ފަތް ވިއްކުން ވެސް ހުއްޓުވާނަން، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލައި ވަޒީފާތައް ދިވެހިންގެ އަތް މައްޗަށް ވެސް ނަގާނަން، ކޮރަޕްޓް މީހުންނަށް ދައުލަތުގައި ނުތިބެވޭނެ،"

އުމަރު ނަސީރު ވިދާޅުވި ގޮތުގައި އޭނާ ދިވެހި ރައްޔިތުންނަށް އެ ދައްކަވާ މަގު ރައްޔިތުން ކޮންމެ ވެސް ދުވަހަކުން ބަލައިގަންނާނެ އެވެ. އެކަމަށް ވަގުތު ނަގާނެ ކަމަށެވެ. މީގެ 10 އަހަރު ކުރިން އެންމެ ފުރަތަމަ އޭނާ އެ މެސެޖް ހިފައިގެން ނުކުންނެވި ދުވަހަށްވުރެ މިއަދު އޭނާއަށް ތާއިދުކުރާ މީހުން ގިނަ ކަމަށް އުމަރު ވިދާޅުވި އެވެ.

"ފަސް އަހަރު ފަހުން މިއަށްވުރެ ގިނަ ވެދާނެ، 20 އަހަރު ފަހުން، 30 އަހަރު ފަހުން ވެސް އަޅުގަނޑުގެ ވެރިކަމެއް އައިސްދާނެ ރާއްޖެއަށް، އެއީ މައްސަލައެއް ނޫން އަޅުގަނޑަކަށް، އަޅުގަނޑު މި ކުޅެނީ ދިގަށް، އަޅުގަނޑު ކުރުކޮށެއް ނޫން މި ކުޅެނީއެއް، ދިގަށް މި ކުޅެނީ،" އުމަރު ވިދާޅުވި އެވެ.

އޭނާ ގެންގުޅުއްވާ ފިކުރަކީ ރާއްޖޭގެ އެހެން ސިޔާސީ މީހުންގެ ފިކުރާ ވަރަށް ތަފާތު ފިކުރެއް ކަމަށާއި ހޯމް މިނިސްޓަރު ކަމުގައި ހުންނެވިއިރު އެ ފިކުރުތައް ކޮންމެ ވެސް ވަރަކަށް ތަންފީޒުކުރަން ލިބުނު ކަމަށް އުމަރު ވިދާޅުވި އެވެ. އެހެންވެ މީހުންނަށް އެކަން ބަލައިގަނެވި ތާއިދު އިތުރުވެފައިވާކަން ފާހަގަކުރެއްވި އެވެ. ރާއްޖެއަށް ބޭނުންވާ ހައްލަކީ އެއީ ކަން ރައްޔިތުންނަށް ގަބޫލު ކުރެވޭ ކަމަށެވެ. ނަމަވެސް ނިމިގެންދިޔަ ރިޔާސީ އިންތިހާބަކީ އެ ވިއްކަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް އުމަރު ވިދާޅުވި އެވެ.

އާ ގާނޫނު އަސާސީގެ ދަށުން އެންމެ ފުރަތަމަ ބޭއްވި މަލްޓިޕާޓީ ރިޔާސީ އިންތިހާބުގައި ވެސް ވާދަ ކުރެއްވި އުމަރު ނަސީރު ވިދާޅުވީ ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި އޭނާ ވާދަ ނުކުރައްވަން ނިންމެވީ އެ އިންތިހާބު ނަތީޖާ ވަކި ގޮތަކަށް ނިމިފައިވާތީ އެވެ. ނިމިދިޔަ ދައުރުގެ ރައީސް، ޔާމީންއާ ދެކޮޅަށް ހުރި ވޯޓުތައް ހުރީ މާކުރިން ވެސް ވަކި ގޮތަކަށް ސެޓްވެފައި ކަމަށް އުމަރު ވިދާޅުވި އެވެ.

ސިޔާސީ ހަތަރު ލީޑަރުން ލީޑް ކުރެއްވި ފުޅާ ކޯލިޝަނެއް އިންތިހާބުގައި ވާދަކުރަން ނިންމާފައި އޮތްވާ، އޭނާ ނުކުމެ އެއާ ވާދަކުރުންވީހީ "ސުއިސައިޑް"އަކަށް ކަމަށް އުމަރު ވިދާޅުވި އެވެ. ސިޔާސީ މައިދާނުގައި ފަހަތަށް ޖެހެންޖެހޭ ވަގުތާއި މަޑުކުރަން ޖެހޭ ވަގުތާއި ކުރިއަށް ޖެހެންޖެހޭ ވަގުތު ސިޔާސީ މީހުންނަށް އެނގެން ޖެހޭނެ ކަމަށް އުމަރު ވިދާޅުވި އެވެ.

"ކޮންމެ ފަހަރަކު ފަސްވަނަ ގިރަށް ލައިގެން ކުރިއަށް ދެވޭނެ ކަމަށް ހީކުރެވެންޏާ ފާރަކަށް ހަމަ ގޮސް އަރާނީ، ބައެއް ބޭފުޅުން ވިދާޅުވާނެ އުމަރު މިހާރު ސިޔާސީ މައިދާނުގަ ނޫންހޭ އުޅެނީ، ނޫން އަޅުގަނޑު ހަމަ ސިޔާސީ މައިދާނުގަ މި އުޅެނީ، އަޅުގަނޑު ގިޔަރު ބަދަލުކޮށްލީ،" އުމަރު ވިދާޅުވި އެވެ.

އުމަރު ނަސީރު ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބުކޮށްފައިވަނީ އެމަނިކުފާނަކީ މޮޅު ލީޑަރަކަށްވެ، ރަނގަޅު ސިޔާސަތުތަކެއް ހުރެގެނެއް ނޫނެވެ. ރައީސް ސޯލިހަށް ލިބުނު ވޯޓަކީ ރައްޔިތުން ލޯ މަރާފައި ރައީސް ޔާމީނާ ދެކޮޅަށް ދިން ވޯޓު ކަމަށެވެ. އެ ނަތީޖާ އެގޮތަށް އަންނާނެކަން މާކުރިން ވެސް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

އެމީހަކު އަމިއްލައަށް ފަހަތަށް ޖެހެން ހުރިއްޔާ ނޫނީ އެއްވެސް މީހެއްގެ ސިޔާސީ ހަޔާތް މަރުވެގެން ނުދާނެ ކަމަށް އުމަރު ނަސީރު ވިދާޅުވި އެވެ. އޭނާ އާއި އެހެން ސިޔާސީ މީހުންގެ ހުރި ތަފާތަކީ އޭނާ ގަބޫލު ކުރާ ހަމައިގެ މަތީ ނޫން ގޮތަކަށް އޭނާ ކުރިއަށް ނުދާނެކަން ކަމަށް ވިދާޅުވި އެވެ.

"ގިނަ ސިޔާސީ މީހުން އެހެނެއް ނޫން، އެމީހުން ބޭނުން ވަނީ އަބަދުމެ ދުވެ ދުވެ ހުންނަން، ދަތުރުކުރުމަށްޓަކައި އެމްޑީޕީގެ އޮޑި ބާރަށް ދުވާކަމަށްވާނަމަ އެ އޮޑިއަށް އަނެއް އޮޑި ލަސްވެފަ މަޑުން ދުވާކަށްވާނަމަ އެ އޮޑިން މި އޮޑިއަށް ފުންމާލައިގެން މި ދުވަނީ، އެއީ އެމީހުންނަކީ ވަކި ހަމައެއް އުސޫލެއް ވަކި އައިޑޮލަޖީއެއް ނެތި ދަތުރުކުރާ ބަޔަކަށްވާތީ، އަޅުގަނޑު ދަތުރު ކުރަނީ ވަކި ޑައިރެކްޝަނަކަށް،" އުމަރު ވިދާޅުވި އެވެ.

މަޖިލީހަށް ދިޔުމުގެ ވިސްނުމެއް ނެތް!

ވަރަށް ގިނަ ސިޔާސީ ބޭފުޅުންގެ މިހާރު ހުންނެވީ ރައްޔިތުންގެ މަޖިލީހާ ދިމާލަށެވެ. އުމަރު ނަސީރުއާ ވަރަށް އެކުގައި މަސައްކަތް ކުރެއްވި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވެސް ވަނީ އެ ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ. ނަމަވެސް އުމަރުގެ އެފަދަ ވިސްނުމެއް ނެތެވެ.

"އަޅުގަނޑު ގަސްދެއް ނުކުރަން މަޖިލީހަށް ދާކަށެއް، އެއީ މަޖިލިސްއަށް ގޮސްގެން އަޅުގަނޑު މި ވަކާލާތު ކުރާ ކަންތައްތަކެއް ނުއެއް ނެރެވޭނެ، ސިޔާސީ ރައިސުލްޖުމްހޫރިއްޔާގެ މަގާމަށް އައިސްގެން މިކަންކަން ކުރެވޭނީ،" އުމަރު ވިދާޅުވި އެވެ.

"އަޅުގަނޑު ސާފުކޮށް މި ދަންނަވަނީ، ރާއްޖޭގެ އެއްވެސް ސިޔާސީ ލީޑަރަކަށް ނުކުރޭނެ ރާއްޖެ އަމާން ތަނަކަށް ހަދާކަށް، އެވަރުގެ ހިތްވަރާއި އެވަރުގެ ގަޓެއް އެމީހުންގެ ނުހުންނާނެ، ރާއްޖޭގެ އެއްވެސް ސިޔާސީ ލީޑަރަކަށް ނުކުރޭނެ ކޮރަޕްޝަން ނައްތާލާކަށް، އިބޫ ސޯލިހަށް ކުރުނުތޯ ކޮރަޕްޓް މީހަކު ގެނެސް ކައިރީގަ ބަހައްޓާފަ މީނައަށް ވަޒީރުކަން ދޭށޭ ބުނީމަ ނޫނެކޭ ބުނަން، ނުކެރުނޭނޫންތޯ،"

އުމަރު ވިދާޅުވި ގޮތުގައި ކޮރަޕްޝަން ހުއްޓުވުމަށް އޭނާގެ ވާތުން ކަނާތް ކަނޑާލަން ޖެހުނަސް އެކަން ވެސް އޭނާ ކުރަން ކެރޭނެ އެވެ. އެވަރުގެ ހިތްވަރާއި ގަޓް ނެތިއްޔާ ވެރިކަމުގެ ގޮނޑިއަށް އައިސްގެން ނުވާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ސަރުކާރުގެ މަގާމެއް ހެޔޮ

އުމަރު ވިދާޅުވި ގޮތުގައި ރައީސް ސޯލިހުގެ ސަރުކާރުގެ މަގާމެއް އޭނާއަށް ލިބުނު ނަމަވެސް އެ ފުރުސަތު އޭނާ ބޭނުން ނުވާ ކަމަށެވެ. ރައީސް ސޯލިހުގެ ވެރިކަން ވެސް ފެށިގެން ދިޔައީ ކޮރަޕްޝަންގެ ހާއްޔަކުން ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނުގެ ވަރުގަދަ ސިޔާސަތުތަކެއް ވެސް އަދި ނުފެންނަ ކަމަށް އުމަރު ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ފަހަތުގައި ތިއްބެވި ހަތަރު ލީޑަރުންގެ ތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު ނޫނިއްޔާ އޭނާ ސިޔާސީ މަސައްކަތް ކުރައްވަން ހުންނެވީ ތައްޔާރަށް ކަމަށް އުމަރު ވިދާޅުވި އެވެ. އެހެންނަމަވެސް ރިޔާސީ ކެންޑިޑޭޓަކަށްވ ވާންޖެހޭނީ އޭނާ ކަމަށް ވިދާޅުވި އެވެ.

"އެ ބޭފުޅުން، އެ ބޭފުޅުން ކެންޑިޑޭޓުންނަށް ވެގެން، ނޫނީ ދަރިން ކެންޑިޑޭޓުންނަށް ހަދައިގެން އެމީހުން ޕްރޮމޯޓްކޮށްދޭން އެމީހުން ކޮނޑަށް ލައިގެން ހިނގާ މީހަކަށް އަޅުގަނޑު ނުވާނަން އެއްގޮތަކަށް ވެސް، ސިޔާސީ ގުލާނުކޮށް ދިނުން މިހާރު ނިމުނީ، ސިޔާސީ ގުލާނުކޮށްދޭނަން އެއްވެސް ބޭފުޅަކަށް،" އުމަރު ވިދާޅުވި އެވެ.

"އެހެނެއް ނޫން އެ ބޭފުޅުން އަޅުގަނޑުގެ ސިޔާސަތުތަކަށް ތާއިދުކުރާ ކަމަށްވާނަމަ އަޅުގަނޑު ވެލްކަމް ކުރާނަން،"

އުމަރު ވިދާޅުވި ގޮތުގައި، އިދިކޮޅު ލީޑަރެއްގެ ގޮތުގައި އޭނާ ފެނިގެން ދިޔުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ވަރަށް ގިނަ މީހުން އެކަމަށް އެދެމުން ވެސްދާ ކަމަށާއި އެހެންވެ އެކަން ކުރެވޭނެ ގޮތަކާމެދު ވިސްނަމުންދާ ކަމަށެވެ. ޑީއާރްޕީ ރޫޅިގެން ދިޔަ ވަގުތު ވެސް އަލުން ވަރުގަދަ އިދިކޮޅެއް ހެއްދެވީ އޭނާ އިސްކޮށް ހުންނަވާ ކުރެއްވި މަސައްކަތުން ކަމަށް ފާހަގަކުރެއްވި އެވެ.

"ކިހިނެއްތޯ ރާއްޖޭގެ ދީނީ އަދި ގައުމީ ފިކުރުގަ މަސައްކަތް ކުރާ މީހުން އެއްކޮށް ރީގްރޫޕްކޮށް އަލުން ޖަމާކުރާނީ ކިހިނެއްތޯ ވިސްނަމުން މިދަނީ، އަލުން ޖަމާކޮށްފަ ޒިންމާދާރު އިދިކޮޅު ހަރަކާތެއް ފަށާނީ ކިހިނެއްތޯ ވިސްނަމުން މިދަނީ،" އުމަރު ވިދާޅުވި އެވެ.