ވިޔަފާރި

ބިސް ކޭހެއްގެ އަގު ކުއްލިއަކަށް 1000ރ. އަށް އުފުލިއްޖެ: މިއީ ބޮޑު ވަރު!؟

Jun 17, 2015

ބިސް ކޭހެއް ކިހާ ވަރަކަށް؟ ސޭޓުގެ ޖަވާބަކީ ބިސް އުޅެނީ ތަންކޮޅެއް "އަގު ފަލަކޮށް" ކަމަށެވެ. އަނެއްކާ ވެސް އެހީމެވެ. ސޭޓާ ކިހާ ވަރަކަށޭ ؟ ސޭޓުގެ ޖަވާބަކީ 1،000ރ. އެވެ. މިއީ ބޮޑު ވަރެއް ނޫން ތޯ އެވެ؟

ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާދަމަ އެވެ. މިއަދު މެންދުރު ފަސް ވެގެން އައިއިރު ބާޒާރުމަތިން ފެނުނީ ހަލަބޮލި ކަމެވެ. މި ހަލަބޮލި ކަމާއެކު އެހެން އަހަރުތަކެކޭ އެއްގޮތަށް އަގުތައް ވެސް ހުރީ މައްޗަށް ޖެހިލާފަ އެވެ. އެންމެ ބޮޑަށް އަގުތައް އުފުލިފައިވާ އެއް ބާވަތަކީ ފިޔާ، އަލުވި އަދި ބިހެވެ. މި ތިން ބާވަތްތަކުގައި ހުރީ ރަނުގެ އަގެވެ.

މުޅި ބާޒާރަށް ބަލާއިރު ވެސް ކުކުޅު ބިސް ލިބެން ހުރީ ދެ ތިން ފިހާރަ އެއްގަ އެވެ.

ވިޔަފާރިވެރިން ބުނާ ގޮތުގައި ބިހުގެ އަގު ބޮޑުވެގެން އުޅެނީ މި ބާވަތްތައް ބާޒާރުން ހުސްވުމުންނެވެ.

"މިހާރު އެއް ގޮތަކަށްވެސް ބާޒާރަކު ނެތް. އެހެންވެ އަގު ބޮޑީ،" ވިޔަފާރިވެރިއަކު ބުންޏެވެ.

ބިސް ވިއްކާ މީހުން ބުނާ ގޮތުގައި މިރޭ ނުވަތަ މާދަމާގެ ވަގުތެއްގައި ކުކުޅު ބިސް މާލެ އަންނާނެ އެވެ.

"ބިސް ލިބުމުން އަގު ހެޔޮވާނެ،" ވިޔަފާރިވެރިއަކު ބުންޏެވެ.

ތިރީގައި އެވަނީ މީގެ ތިން ދުވަސްކުރިއާ ބަލާއިރު އާއްމު ބައެއް ބާވަތްތަކުގެ އަގުތަކަށް އައިސްފައިވާ ބަދަލެވެ.

ފިޔާ ބަސްތާއެއް 450ރ.

ފިޔާ ކިލޯއެއް 18-20ރ. އަށް

ބިސް ކޭހެއް 1،000ރ. ގިނަ ތަންތަނަކު ނެތް

ބިހެއް 5ރ. އަށްވުރެ މަތި 

ފިޔާ، އަލުވި ބަސްތާއެއް 220ރ. އަށް، މި ދެ ބާވަތް ކިލޯއެއް ވަކިން ވިއްކަނީ 10ރ. އަށް

ބިސް ކޭހެއް 270ރ. އަށް

ވަކިން ބިހެއް 1.50ރ. އަށް 

 ކަރާ ކިލޯއެއް 15ރ. އަށް

ގިތެޔޮ މިރުސް 100ގ. 150ރ. އަށް

ލުނބޯ ކިލޯއެއް 35ރ. އަށް

ސުވީޓް ލެމަން ހަ އަނބުގެ ފޮއްޓެއް 130ރ. އަށް

ދިވެހި 10 އަނބުގެ ބައެއް 100ރ. އަށް

ބަނބުކޭލެއް 20-25ރ. އަށް

ކަރާ ކިލޯއެއް 20-25ރ. އަށް

ދިވެހި މިރުސް ކިލޯއެއް 300ރ. އަށް

ލުންބޯ ކިލޯއެއް 50ރ. އަށް

ބަނބުކޭލެއް 30ރ. އަށް