ލައިފްސްޓައިލް

ރޯދަ މަހު ކަސްރަތު ކުރަންތަ؟ މިކަންކަމަށް ވިސްނާލާ

Jun 18, 2015
1

ރޯދަ މަހަކީ ބައެއް މީހުންގެ "ލައިފް ސްޓައިލަ" ށް ބޮޑު ބަދަލެއް ގެންނަ މަހެކެވެ. ހާއްސަކޮށް ކެއިން ބުއިމަށް ބައެއް މީހުން ބޮޑު ބަދަލެއް ގެނެ އެވެ. އެގޮތުން ދުވާލު ގަޑީގައި ރޯދައަށް ތިބުމަށްފަހު ރޯދަ ވީއްލުމާއެކު ކައި ގަނެ އެވެ. އަދި ބައެއް މީހުން ރޯދަ މަސް ނޫން ދުވަސްތަކުގައި ކަސްރަތު ކުރިނަމަވެސް ރޯދަމަހަށް އެކަން ހުއްޓާލަ އެވެ. ތިރީގައި މި ލިޔެލަނީ ރޯދަ މަހު ކަސްރަތު ކުރުމުގައި ވިސްން ޖެހޭ މުހިންމު ބައެއް ކަންތައްތަކުގެ މައްޗަށެވެ.

ރޯދައަށް ހުރުމުން ހަށިގަނޑަށް ވަރުބަލިވުން ކުޑަކުރުމަށް ހާރު ކާވަގު ޕްރޮޓީން ހިމެނޭ ކެއުމެއް ހިޔާރު ކުރުން މުހިންމުކަން ބޮޑެވެ. މިގޮތުން މަހާއި ގޮދަނުގެ ބާވަތެއް ކެއުމުގައި ހިމެނުން މުހިންމުކަން ބޮޑެވެ.

އެ މީހަކު ކަސްރަތު ކުރާނެ ވަގުތެއް ނިންމާނީ އެމީހެކެވެ. ބައެއް މީހުން ރޯދަ ވީއްލަން ކައިރި ކޮށްލާފައިވެސް ކަސްރަތު ކުރަން ދެ އެވެ. އަދި ބައެއް މީހުން ރޯދަ ވީއްލުމަށްފަހު، މަޤްރިބް ނަމާދު ކޮށްގެން ވެސް ކަސްރަތު ކުރަން ދެ އެވެ. ބައެއް މީހުން އިޝާ ނަމާދަށްފަހު ދާ މީހުން ވެސް ގިނަ އެވެ. މީގައި ރަނގަޅު ގޮތެއް ހިޔާރު ކުރާނީ އެމީހެކެވެ.

ރޯދަ މަހު ރެސްޓޯރެންޓް ތަކަށް ގޮސް ކެއުމަކީ ގިނަ ބައެއްގެ އާދަ އެކެވެ. ހާއްސަކޮށް ގިނަ ފިރިހެނުން ގްރޫޕް، ގްރޫޕަށް ގޮސް ކަޑަތަކުން ކެއުމަކީ އާއްމު ކަމެވެ. ނަމަވެސް މިއީ ރަށިގަނޑުގެ ބުރަހެލިކަން އިތުރުވެގެންދާނެ ކަމެކެވެ. ހާއްސަކޮށް ތެޔޮ ހުންނަ ކާތަކެތި ގިނައިން ކެއުމަކީ ރަނގަޅު އާދައެއް ނޫނެވެ.