ބޮލީވުޑް

ދިދައިގެ ހުރުމަތްކެނޑިކަމަށް ބުނެ އަމީތާބް އާއި އަބީޝޭކް ހޫނު ފެނަށް

Jun 19, 2015

މެގަސްޓާ އަމީތާބް ބައްޗަން އާއި ފިރިހެން ދަރިފުޅު އަބީޝޭކް ބައްޗަން އާއި ދެކޮޅަށް އިންޑިއާގެ ކޯޓަކަށް މައްސަލައެއް ވައްދައިފި އެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ 15ވަނަ ދުވަހު، އޮސްޓްރޭލިއާގައި ކުރިއަށް ދިޔަ ކްރިކެޓް ވޯލްޑް ކަޕްގައި އިންޑިއާ އާއި ޕަކިސްތާން ކުޅުނު މެޗްގައި އަމީތާބް އާއި އަބީޝޭކް އިންޑިއާގެ ދިދަގެ ހުރުމަތްކެނޑޭގޮތަށް މުޅި ގައިގައި ދިދަ އޮޅާފައިވާތީ، އަމިއްލަ ފަރާތަކުން ވަނީ މިމައްސަލަ ގަޒިއާބާދް ކޯޓަށް ވަނީ ހުށަހަޅާފަ އެވެ.

މިމައްސަލަ ގަޒިއާބާދް ޖުޑިޝިއަލް މެޖިސްޓްރޭޓިވް ކޮޓަށް ހުށަހެޅި ޗޭތަން ދިމަންގެ މައްސަލައިގައި ބުނެފައިވަނީ އިންޑިއާ ޕާކިސްތާން މެޗުގެ ތެރޭގައި އިންޑިއާގެ ދިދައިގެ ހުރުމަށް ކެނޑޭގޮތަށް އެއާއި މެދު އަމަލުކުރަމުން ދަނިކޮށް ފެނިފައިވާ ކަމަށެވެ.

މީގެއިތުރުން ދިމަންގެ ވަކީލު ކޯޓަށް މައްސަލަ ހުށަހަޅަމުން ވަނީ ދިމަންގެ ފަސް ރަހުމަތްތެރިއަކަށް އަމީތާބް އާއި އަބީޝޭކް ގައިގައި ދިދަ އޮޅައިގެން އުޅެނިކޮށް ފެނިފައިވާ ކަމަށެވެ.އަދި އިންޓަނޭޝަނަލީ އެތައް ބައެއްގެ މެދުގައި މަޝްހޫރު ދެތަރިއަކު އިންޑިއާގެ ދިދައިގެ ހުރުމަށް ކަނޑައި، އަގުވައްޓާލާފައިވާ ކަމަށެވެ.

އަމީތާބް އާއި އަބީޝޭކް އާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ، ގައުމުގެ އަގުވެއްޓޭފަދަ ކަމެއްކުރުމުގެ މާއްދާ 1971 އާއި ދިދަ އާއި ބެހޭ ކޯޑް 2002 ގެ މައްޗަށް ބިނާކޮށްކަމަށެވެ.

މިމައްސަލައިގެ އަޑުއެހުންތަކަށް ދެބަފައިން ހާޒިރުވާން ޖެހޭނެ ކަމަށްވެސްވެ އެވެ.

މިފަހަަކަށް އައިސް ބޮލީވުޑްގެ މަޝްހޫރު ތަރިންތައް ގާނޫނީ ގޮޅިއަށް ފެތޭ މައްސަލަތައ ފެންމަތިވާއިރު، ދާދިފަހުން ބަތަލާ މާދުރީ ޑިކްޝިޓް، ޕްރިތީ ޒިންތާ އާއި އަމީތާބް ބައްޗަން ކުޅެފައިވާ މެގީ ނޫޑްލްސްގެ އިޝްތިހާރަކާއި ގުޅިގެން ވެސް ވަނީ މިތަރިންނާއި ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.